މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ؛ ޝަފީއު

​ސީވައިއެސް ސްޕޯޓްސް ފިއެސްޓަރ: ހޭންޑްބޯލް އަދި ފުޓްސަލްގެ ފައިނަލަށްދާ ޓީމުތައް ކަށަވަރުވެއްޖެ

ސީވައިއެސް ސްޕޯޓްސް ފިއެސްޓަރ 2024 ގައި ހިމެނޭ ފުޓްސަލް އަދި ހޭންޑްބޯލް ޗެލެންޖުގެ ފައިނަލްގައި ބައްދަލުކުރާ ޓީމުތައް ކަށަވަރުވެއްޖެއެވެ.

ހޭންޑްބޯލް މުބާރާތުގައި މިއަދު ކުޅުނު މެޗުގައި ބައްދަލުކުރީ އެލީޓް އަދި ބްލޭޒްއެވެ. މި މެޗް އެލީޓުން ކާމިޔާބުކުރީ 8 - 4 އިންނެވެ. 

އެ މެޗްގެ ނަތީޖާ ނުކުތްގޮތުން ފައިނަލްގައި ބައްދަލުކުރާނީ އެލީޓް އަދި އެޓޭކާސްއެވެ.

ސްޕޯޓްސް ފިއެސްޓަރގައި ހިމެނޭ ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލްގައި މިއަދު ފުރަތަމަ ކުޅުނު މެޗުގައި ބައްދަލުކުރީ ތުނޑި ސްޕޯޓްސް ކުލަބާއި ޑާކްސިޓީއެވެ.

އެ މެޗް ތުނޑި ސްޕޯޓްސް ކުލަބުން ކާމިޔާބުކުރީ 6 - 1 އިންނެވެ.

ސެމީ ފައިނަލްގެ ދެވަނަ މެޗްގައި ބައްދަލުކުރީ ފިއުރިއަސް އެފްސީއާއި އެލް އެގްޒިޓޯއެވެ. އެ މެޗް ފިއުރިއަސް އެފްސީން ކާމިޔާބުކުރީ 6- 1 އިންނެވެ.

އެހެންކަމުން މި މުބާރާތުގެ ފައިނަލްގައި ބައްދަލުކުރާނީ ​ފިއުރިއަސް އެފްސީއާއި ތުނޑި ސްޕޯޓްސް ކުލަބެވެ. 

މި ދެ މުބާރާތުގެ ވެސް ފައިނަލް މެޗް ކުޅެން ހަމަޖެހިފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ