މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ޝަފީއު

​ސީވައިއެސް ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ފިއުރިއަސް އެފްސީ އިން ހޯދައިފި

ކުލަބް ޔަންގް ސްޓަރސްއިން ފައިނުގައި ކުރިއަށް ގެންދިޔަ ސްޕޯޓްސް ފިއެސްޓަރގައި ހިމެނޭ ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ފިއުރިއަސް އެފްސީ އިން ހޯދައިފިއެވެ.

ރޭ ކުޅުނު މި މުބާރާތުގެ ފައިނަލް މެޗްގައި ފިއުރިއަސް އެފްސީން ބައްދަލުކުރީ ތުނޑި އެފްސީއާއެވެ. 

އެ މެޗްގެ ފުރަތަމަ ހާފުގައި ފިއުރިއަސް އިން ވަނީ 4 ގޯލް ޖަހާފައެވެ.

ތުނޑި އެފްސީން ވަނީ ދެވަނަ ހާފުގައި 3 ގޯލްޖަހާ ގޯލްގެ ފަރަގު ކުޑަކުރިނަމަވެސް މެޗްގެ ވަގުތު ހަމަވިއިރު ސްކޯ ހަމަހަމަ ކުރެވޭގޮތެއް ނުވިއެވެ.

މި މުބާރާތުގެ އެކި ވަނަތަކަށްދިޔަ ފަރާތްތަކަށް ރޭ ވަނީ ޓްރޮފީ ހަވާލުކޮށްފައެވެ.

މުބާރާތުގެ ކިންގްގެ މަގާމާއި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ މަގާމު‏ ހޯދީ ފިއުރިއަސްގެ އަހްމަދު އައިހަމްއެވެ.

ެމުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވުނީ، 
- ތުނޑި އެފްސީ، އަލީފް
- ތުނޑި އެފްސީ، ނާއިލް
- ފިއުރިއަސް އެފްސީ، އައިހަމް
- ޑާކް ސިޓީ، މަމްދޫހު
- ފިއުރިއަސް އެފްސީ، އަހްމަދު ރަމީޒު

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ