މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ޒިޔާދު

​ރ. އަތޮޅު ކައުންސިލުން ބާއްވާ މުބާރާތްތައް ބާއްވާނެ ތާރީހުތައް އާންމުކޮށްފި

ރ. އަތޮޅު ކައުންސިލުން އަތޮޅުގެ ރައްޔިތުންނަށް ހުޅުވާލައިގެން ބާއްވާ އެކި މުބާރާތްތައް މި އަހަރު ކުރިއަށް ގެންދާނެ ދުވަސްތައް އެ ކައުންސިލުން އާންމުކޮށްފިއެވެ.

އެ ކައުންސިލުން މިއަދު ބުނީ، ޖުމްލަ 4 މުބާރާތެއް މި އަހަރުގެ ތެރޭގައި ބާއްވަން ނިންމާފައިވާ ކަމަށެވެ.

އެ ކައުންސިލުން ނިންމާފައިވަނީ، އަތޮޅު ޤުރުއާން މުބާރާތް ނޮވެމްބަރު 2 ވަނަ ދުވަހު، ވޮލީ ބޯލް އާއި ހޭންޑް ބޯލް ދެ މުބާރާތް އެއްކޮށް 25 ސެޕްޓެމްބަރުގައި ފަށާ ގޮތަށް އަދި ފުޓްސަލް މުބާރާތް 15 އޮކްޓޫބަރުގައި ބާއްވާ ގޮތަށެވެ. 

މި މުބާރާތްތައް ހޯސްޓް ކުރުމުގެ ފުރުސަތު ރަޖިސްޓްރީ ކޮށްގެން ހިންގާ ކުލަބު ޖަމިއްޔާތަކަށް ދޭ ގޮތަށްވެސް މިފަހަރު ވަނީ ނިންމާފައެވެ. މީގެ ކުރިން އެ ފުރުސަތު ދީފައިވަނީ ކައުންސިލްތަކަށް އެކަންޏެވެ.

މީގެ ތެރޭގައި މި ހިމެނޭ ވޮލީބޯލް މުބާރާތަކީ މުޅިން އަލަށް ތަޢާރަފްކުރާ މުބާރާތެކެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ