މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އުނގޫފާރު.ކޮމް

އުނގޫފާރުގެ ވިޔަފާރިތައް ބަންދުކުރުން؛ މިދުވަސް އަންނާނެ

ރ. އުނގޫފާރަކީ މި ސަރަހައްދުގެ ރީޖަނަލް ހޮސްޕިޓަލް ހުންނަ ރަށްކަމަށްވާތީ ކޮންމެ ދުވަހަކު އެތައްބަޔަކު ޒިޔާރަތްކުރާ ރަށެކެވެ. އެކި ހިދުމަތްތައް ހޯދުމަށް އެ ރަށަށް ޒިޔާރަތް ކުރާ ފަރާތްތަކުން ކެއިންބުއިމުގެ ކަންކަން ހަމަޖައްސަނީ ހޮސްޕިޓަލް ކައިރީ ހުންނަ ކެފޭ/ރެސްޓޯރެންޓްތަކުންނެވެ. ވިޔަފާރީގެ އެ ނޫން ބޭނުންތަކަށް ވަންނަނީ ހޮސްޕިޓަލްކައިރީ ހުރި ކުލީ ބިންތަކުގައި ހިންގާ ފިހާރަތަކަށެވެ.

މި ތަންތަނަކީ ވަރަށް ކުރިން އެ ރަށުގެ އެކި ފަރާތްތަކަށް ދިގު މުއްދަތަށް ކުއްޔަށްދީފައި ހުރި ބިންތަކެކެވެ. އެ ބިންތައް ދޫކުރި މުއްދަތު ހަމަވުމާއި ގުޅިގެން އެ ރަށު ކައުންސިލުން ވަނީ ބިންތައް ކުއްޔަށް ދޫކުރުމަށް އަލުން އިއުލާނުކޮށްފައެވެ.

ބިޑުތަކުގެ އިވެލުއޭޝަން މަރުހަލާ ދިގުލައިގެން ދިޔުމާއި އަދި ބިޑު ހުށަހެޅިނަމަވެސް ކާމިޔާބު ނުވުމުން ބައެއް ވިޔަފާރިވެރިންނަށް ޖެހުނީ އެތަންތަނުން ނުކުންނާށެވެ. މި މަރުހަލާގެ ތެރޭގައި ގިނަ ދުވަސްތަކެއް ހޭދަވެގެންދިޔައިރު، ކައުންސިލުން ވަނީ ސަބަބުތަކަށް ރިޔާއަތްކޮށް އެކިފަހަރުމަތިން މުއްދަތު އިތުރު ވެސް ކޮށްދީފައެވެ.

ނަމަވެސް، އެންމެފަހުން މި އަހަރުގެ ޖޫންމަހުގެ 30 ވަނަ ދުވަހު އެ ކައުންސިލުންވަނީ ވިޔަފާރިވެރިންނަށް ދީފައިވާ ބިންތަކުގެ މުއްދަތު އިތުރުނުކޮށް އެ ދުވަހުގެ ނިޔަލަށް ހުސްކުރުމަށާއި، އަދި މިހާރު ކުރިއަށްދާ ބިޑުކޮމެޓީގެ މަސައްކަތްތައް އަވަސް ކުރުމަށް ޖަލްސާއަކުން ނިންމާފައެވެ.

ނަމަވެސް، ތަން ހުސްކުރުމަށް ކައުންސިލުން ދިން ނޯޓިސްގެ ވަގުތު ހަމަވިފަހުން ވެސް ބައެއް ފަރާތްތަކުން ދިޔައީ އެތަންތަނުގައި ވިޔަފާރި ކުރަމުންނެވެ. އެ މައްސަލާގައި ކައުންސިލުންވަނީ އެތަންތަނަށް ދީފައިވާ ފެނާއި ކަރަންޓްގެ ހިދުމަތް ކަނޑާލާފައެވެ. 

އެއާއިއެކު އުނގޫފާރުގެ އެންމެ ހަލަބޮލި ހިސާބުކަމަށްވާ ހޮސްޕިޓަލް ސަރަހައްދަށްވަނީ ވަރަށް ބޮޑު ފަޅުކަމެއް އައިސްފައެވެ. އެ ރަށުން މައުލޫމާތު ދިން ގޮތުގައި މިވަގުތު ހިދުމަތް ލިބެމުންދަނީ އެންމެ ކެފޭއެއްގައެވެ. ގިނަ ވިޔަފާރިތައް ވެސް ބަންދުކޮށްފައި ހުރުމުން އެ ރަށުގެ ރައްޔިތުންގެ އިތުރުން ރަށަށް އެކި ބޭނުންތަކުގައި ޒިޔާރަތްކުރާ ފަރާތްތަކަށް ދަނީ ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިވަމުންނެވެ.

އެކަމުގެ ޝަކުވާ އެތައްބަޔަކު ސޯޝަލް މީޑިއާގައި ވެސް ދަނީ ފާޅުކުރަމުންނެވެ. ރައްޔިތުންނަށް ލިބެމުންދިޔަ ހިދުމަތްތަކެއް ހުއްޓިގެން ދިޔައިރު އެކަންކަމަށް ކައުންސިލުން ރިޔާއަތް ނުކުރާކަމުގެ ޝަކުވާ އެ ފަރާތްތަކުން ކުރެއެވެ.

ނަމަވެސް، އެ ރަށު ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވީ، ކައުންސިލުން މިކަމުގައި ބަލާފައިވާނީ އެންމެ މަސްލަހަތުހުރި ގޮތަކަށް މިކަން ނިންމުމަށްކަމަށެވެ. އަދި އެ ތަންތަނުގެ މުއްދަތު ހަމަވާ ދުވަސް އަންނާނެކަން ހުރިހާ ފަރާތްތަކަށް ވެސް އެނގެންވާނެކަމަށާއި، ވަކި ބިމަކުން ހިދުމަތް ދޭންވާނީ ހަމައެކަނި ވަކި ފަރާތަކުންކަމަށް ކައުންސިލުން ނުދެކޭކަމަށެވެ. އަދި ބިޑުކޮމެޓީގެ މަރުހަލާ ލަސްވެ މުއްދަތެއް ނަގައިފި ކަމަށާއި އެހެންކަމުން އެކަން އަވަސް ކުރުމަށް ކައުންސިލުން ނިންމާފައިވާނޭކަމަށް ވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތްތައް ނުހުއްޓޭކަން ކައުންސިލުން ކަށަވަރު ކުރާކަމަށާއި، އެގޮތުން މިހާރުވެސް ކެފޭގެ ހިދުމަތް ލިބެން އެބަހުރިކަމަށެވެ.

ޢަބްދުﷲ ރަޝީދު ވިދާޅުވީ، ކައުންސިލުން މި މައްސަލައިގައި މަސައްކަތްތައް ކުރިއަށް ގެންދަމުންދަނީ ލޯ ފާމަކާއި ހަވާލުކޮށްގެން އެފަރާތުގެ ލަފާގެ މަތިންކަމަށެވެ. އެހެންކަމުން 25 އަހަރަށް ދޫކުރާ ބިންތަކާއި 2 އަހަރަށް ދޫކުރާ ބިންތަކަށް ވެސް މިހާރު ހުށަހެޅިފައިވާ ބިޑުތަކުގެ ކޮމެޓީ މަރުހަލާ ނިމި ބިންތައް ހަވާލު ކުރުމުގެ މަސައްކަތް ލަސްނުވެ ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ، މިފަހަރު ބިންތައް ހަވާލު ކުރެވޭ ފަރާތްތަކަށް ވެސް ބިންތަކުގައި ވިޔަފާރި ކުރާއިރު ވަކި ސްޓޭންޑަރޑަކަށް ފެތޭ ގޮތަށް ހިދުމަތް ދިނުމަށް އަންގާނެ ކަމަށެވެ.

ފާހަގަ ކުރެވޭގޮތުގައި އަތޮޅުގެ ވެރިކަންކުރާ ރަށުގެ އެންމެ ހަލަބޮލި ސަރަހައްދުގައި ހުރި ވިޔަފާރިތައް ހުއްޓާލާ ތަން ބަންދުކުރުން ވެފައިވަނީ ދެ ކޮޅަށްވެސް ގިނަ ބަހުސްތަކެއް ކުރެވިދާނެ ކަމެއްގެ ގޮތުގައެވެ. ހަމަ އެގޮތަށް އެ ސަރަހައްދުގައި ވިޔަފާރި ކުރާ ފަރާތްތަކުން އެ ތަންތަން އަޕްގްރޭޑް ނުކުރާކަމާއި، އިމާރާތްތައް ބާވެފައިވާކަމާއި މުދަލުގެ ސްޓޮކް އާ ނުކުރާކަމުގެ ޝަކުވާއަކީ އަތޮޅުގެ ގިނަ ރައްޔިތުން ކުރާ ޝަކުވާއެކެވެ. އެ ބިންތައް ދެން ހަވާލުކުރެވޭ ފަރާތްތަކުން އެ ތަންތަނުގައި މި ޒަމާނާއި އެކަށީގެންވާ ފެންވަރު ރަނގަޅު ހިދުމަތްތަކެއް ދޭތަން ފެނުމަކީ އަތޮޅުގެ ރައްޔިތުންގެ ވެސް ބޮޑު އެދުމަކަށް ވެއެވެ.

މިލިޔުން ކިޔާލުމުން

67%
އުފާވި
0%
ދެރަވި
33%
ހިނިއައި
0%
ރުޅިއައި

1 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ބޭބެ 3 months ago

މިއީ ކައުންސިލް ރައީސްއަށް ބޭބެ ކިޔާ ކުދިންކޮޅެއް ރުއްސަން ރޭވިގެން ހިންގި ޖަރީމާއެއް. ލޯފާމޭ ކިޔަނީ ބޭރުފުށުން ރީތިކުރަން. ލޯފާމުން ދިން އެއްވެސް ލަފަޔަކަށް ރިއާޔަތްކުރުމުގެ ބަދަލުގައި މުޅި ހިދުމަތް ހުއްޓާލަން ކުރިކަމެއް. ޢީދު ކުޅޭ ބޭބެ.

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ