މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: މުޙައްމަދު ޒިޔާދު

4 ޑޮކްޓަރުންގެ ޓީމަކާއެކު ފައިނުގައި ހެލްތު ކޭމްޕެއް ބާއްވަނީ

ފައިނުގައި ހެލްތް ކޭމްޕެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

މި ޕްރޮގްރާމަކީ ފައިނު ކައުންސިލާއި ފައިނު ސިއްހީ މަރުކަޒު އަދި މޯލްޑިވްސް އެސޯސިއޭޝަން ފޮރ ހެލްތް އެންޑް އެވެއަރނަސް އާއި ގުޅިގެން ކުރިއަށް ގެންދާ 3 ދުވަހުގެ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި އައިޖީއެމްއެޗްގައި މަސައްކަތް ކުރައްވާ 4 ޑޮކްޓަރެއް ބައިވެރިވެލައްވައެވެ. އޭގެ ތެރޭގައި ހިމެނެނީ, މަޝްހޫރު އެތެރެހަށީގެ ޑޮކްޓަރު މުޙައްމަދު އަލީ, ޑރ. ރިފާއާ, ޑރ. ޖިލާއު އަދި ޑރ. އިމްތިނާންއެވެ.

މި ކޭމްޕްގައި މިމަހުގެ 25 ވަނަ ދުވަހު އޮންނާނީ އަންހެން ބެލެނިވެރިންނާއި އަންހެނުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެކެވެ.

އޭގެ އިތުރުން 26 ވަނަ ދުވަހު ސްކޫލް ދަރިވަރުންނަށް ހާއްސަ ޕްރޮގްރާމަކާއި ފިރިހެނުންނަށް ހާއްސަ ޕްރޮގްރާމެއްގެ އިތުރުން ޑރ. މުޙައްމަދު ޢަލީ ބަލިމީހުން ބެއްލެވުން ކުރިއަށް ގެންދަވާނެއެވެ.

އަދި މިމަހުގެ 27 ވަނަ ދުވަހު ވެސް ޑރ. މުޙައްމަދު ޢަލީ ބަލިމީހުން ބައްލަވާގޮތަށް ވަނީ ހަމަޖެހިފައެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ