މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުން

އޯލެވެލް އިމްތިހާނުން ފައިނު ސްކޫލްގެ ދެ ދަރިވަރަކު ގަދަ ދިހައެއްގައި

މިއަހަރު އޮތް އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގައި ފައިނު ސްކޫލަށް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް މި އަހަރު ވެސް ލިބިއްޖެއެވެ.

ފައިނު ސްކޫލުން ބުނެފައިވަނީ، މި އަހަރުގެ އިމްތިހާނުން އެ ސްކޫލްގެ ދެ ދަރިވަރަކު ގައުމީ ގަދަ 10 ގައި ހިމެނިފައިވާ ކަމަށެވެ. އެއީ، ރ. ފައިނު ސަތަރުގެ އާއިޝަތު އީމާން އަދި ރ. ފައިނު ނޫއަލި އާމިނަތު ނޫރާ އިބްރާހީމްއެވެ. 

މި އަހަރުގެ އިމްތިހާނުގައި ބައިވެރިވި 6 ދަރިވަރުންގެ ތެރެއިން އިސްލާމް، ދިވެހި، ހިސާބު އަދި އިނގިރޭސި މި ހަތަރު މާއްދާއިން ވަނީ 100 އިންސައްތަ ހާސިލުކޮށްފައެވެ. އޭގެ އިތުރުން، ބިޒްނަސް ސްޓަޑީޒް، އެކައުންޓިން އަދި ކެމިސްޓްރީ އިން 83 އިންސައްތަ ފާސްވެފައިވާއިރު، ބަޔޮލޮޖީ އިން ވަނީ 67 އިންސައްތަ ފާސްވެފައެވެ. 

5 މާއްދާއިން ފާސްވި އިންސައްތަ މިފަހަރު އުޅެނީ 83 ގައެވެ.
ފާހަގަ ކޮށްލެވޭ ގޮތުގައި ފައިނު ސްކޫލަކީ އޯލެވެލް އިމްތިހާނު ހަދަން ފެށީއްސުރެ ވެސް ފާހަގަ ކޮށްލެވޭ ރަނގަޅު ނަތީޖާއެއް ނެރެމުންދާ ސްކޫލެކެވެ. 

މިލިޔުން ކިޔާލުމުން

67%
އުފާވި
0%
ދެރަވި
33%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ