މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އުނގޫފާރު.ކޮމް

އުނގޫފާރު ފުޓްބޯޅަ ދަނޑު ނުނިންމުނު, ޒުވާނުން ބުނީ ދެން ނުތިބެވޭނެކަމަށް

ރ. އުނގޫފާރުގައި ކުރީ ސަރުކާރުން ތަރައްގީކުރަން ފެށި އެރަށު ބޮޑު ފުޓްބޯޅަ ދަނޑުގެ މަސައްކަތް ފެށުމަށްފަހު ނުނިމި ގިނަ ދުވަސްތަކެއް ވަމުންދާތީ އެ ރަށު ޒުވާނުން ނުކުމެ ދަނޑު ނޮޅައި ސާފުކޮށް ހުޅުވައިފިއެވެ.

ބޮޑު ފުޓްބޯޅައިގައި މަޝްހޫރު ރަށެއްކަމަށްވާ އުނގޫފާރުގައި ފުޓްބޯޅަ ދަނޑެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް މިދިޔަ ސަރުކާރުގައި ވަނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ނެކްސްޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއިއެކު 2022 ވަނަ އަހުގެ އޭޕްރީލްމަހު ސޮއި ކޮށްފައެވެ.

އެ މަސައްކަތް ފެށުމަށްޓަކައި 2022 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވަނީ އެ ރަށަށް ބައެއް ތަކެތި ޖަމާކޮށް ބައެއް މަސައްކަތްތައް ވެސް ކޮށްފައެވެ. ނަމަވެސް, ވަށައިގެން ހަދާ ކާނުތައް ހެދުން ފިޔަވާ އިތުރު މަސައްކަތެއް ނުނިމި ދަނޑުގެ މަސައްކަތް މިއަދާއި ހަމައަށް ވެސް އޮތީ ހުއްޓިފައެވެ.
ޒުވާނުން ނުކުމެ ދަނޑު ނޮޅަނީ - ފޮޓޯ: އުނގޫފާރު.ކޮމް
އުނގޫފާރުގައި އޮންނަ ހަމައެކަނި ބޮޑު ދަނޑުގައި މަސައްކަތްތަކެއް ފަށައި ނުނިމި އޮތުމުން އެތަނުގެ ބޭނުން ޒުވާނުންނަށް ނުހިފި ތަން އޮތީ ވިނަ ބޯވެފައެވެ.

އެހެންކަމުން, އިއްޔެ އެ ރަށު ޒުވާނުންގެ ގިނަ ބަޔަކު އިސްނަގައިގެން ވަނީ, ”ދެން ނުތިބެވޭނެ“ މި ޝިއާރުގެ ދަށުން ނުކުމެ އެ ދަނޑުގެ ވިނަ ނޮޅާ ސާފު ކުރުމުގެ މަސައްކަތް ވަރަށް ފޯރީގައި ކޮށްފައެވެ.

އެ ރަށު ޒުވާނަކު ބުނީ, ބޮޑު ފުޓްބޯޅަ ކުޅެން ޝައުގުވެރިވާ ގިނަ ޒުވާނުންތަކެއް ތިބި އެ ރަށުގައި ފުޓްބޯޅަ ކުޅެކުޅެ ތިއްބާ ދަނޑުގެ މަސައްކަތް ފަށަން ކުޅުން ހުއްޓާލަން ޖެހުނު ކަމަށެވެ. ނަމަވެސް ދަނޑުގެ މަސައްކަތް ނުނިމި 2 އަހަރަށްވުރެ ގިނަ ދުވަސްވެ އެންމެފަހުން ކުރިން ކުޅުނު ހާލަތުގައި ވެސް ދަނޑުގައި ކުޅެން ނުލިބި ބޮޑު ފުޓްބޯޅަ ރަށުން އުވިގެން ހިނގައިދާނެ ކަމުގެ ބިރު ހީވާން ފަށާފައިވާކަމަށް އޭނާ ބުންޏެވެ.
ދަނޑު ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: އުނގޫފާރު.ކޮމް
އެހެންކަމުން ޒުވާނުން ނިންމީ ބޮޑު ދަނޑުގައި ކުރިން ވެސް ކުޅުނު ހާލަތުގައި ވެލިގަނޑުގައި ކުޅުން ފެށުމަށްޓަކައި ވިނަ ނޮޅާ ސާފުކުރާށެވެ. ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެގެން އެ މަސައްކަތް ފޯރިއާއިއެކު ނިންމާލުމަށްފަހު މިއަދު ހަވީރު ވަނީ ދަނޑުގައި ކުޅެން ފަށާފައެވެ.

ވެލިދަނޑު ހުޅުވުމަށްޓަކައި މަޖާޒީ ގޮތަކަށް ވަނީ ކުޑަ ރަސްމިއްޔާތެއް ވެސް ޒުވާނުންވެގެން ބާއްވާފައެވެ. އުނގޫފާރު ޒުވާނުންގެ މި މަސައްކަތަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ.
ވެލިދަނޑު ހުޅުވުމުގެ ތެރެއިން - ފޮޓޯ: އުނގޫފާރު.ކޮމް
އުނގޫފާރު ފުޓްބޯޅަ ދަނޑުގެ މަސައްކަތާއި ގުޅޭގޮތުން ފައިނު އޮންލައިން އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ރަށު ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވީ, ދަނޑުގެ މަސައްކަތް ހުއްޓިފައިވާތީ އެ މަސައްކަތް އަވަސް ކުރުމަށް ކައުންސިލުން އެކި ފަހަރުމަތިން މަސައްކަތްތަކެއް ކޮށްފައިވާނެކަމަށެވެ. އެގޮތުން މިދިޔަ ހަފްތާތެރޭ ވެސް ދާއިރާގެ މެންބަރާއި އަދި ސްޕޯޓްސް މިނިސްޓަރާއިއެކު ބައްދަލު ކުރެވި އެކަމުގެ ވާހަކަތައް ހިއްސާ ކުރެވުނު ކަމަށާއި, އަދި މާދަމާ ވެސް މިނިސްޓަރުގެ އެޕޮއިންޓްމަންޓެއް ލިބިފައިވާތީ މާދަމާ ވެސް އެކަމާ ގުޅޭގޮތުން މިނިސްޓަރާއިއެކު ބައްދަލުކުރަން ހަމަޖެހިފައިވާކަމަށެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ