މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އުނގޫފާރު.ކޮމް

އުނގޫފާރު ކުޑަކުދިންގެ ޕާކު މާރާމާތަށްފަހު އަލުން ހުޅުވައިފި

ރ. އުނގޫފާރު ކުޑަކުދިންގެ ޕާކު މަރާމާތު ކުރުމަށްފަހު އަލުން ހުޅުވައިފިއެވެ.

ޕާކު ހުޅުވައިދީފައިވަނީ އިއްޔެ އޮތް ހާއްސަ ހަވީރެއްގައި އެ ރަށުގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ ބައެއް ކުދިންނެވެ. 

ވަރަށް ކުރީން ވެސް އެ ރަށުގައި ހަދާފައިވާ މި ޕާކު ކުޑަކުދިންނަށް އެންމެ ބޭނުންހިފޭގޮތަށް ތަރައްގީ ކުރެވިފައި ނުވާތީ އެތަން ބަންދުކޮށްފައި އޮންނަތާ ގިނަ އަހަރުތަކެއް ވަނީ ވެފައެވެ. 

ނަމަވެސް، އެ ރަށު ކައުންސިލުން ވަނީ އެތަނުގެ މަރާމާތުގެ މަސައްކަތްތައް އަލުން ފަށާ ތަނުގައި ކާޕެޓު އަޅައި ކުދިން ކުޅެން ބޭނުންކުރާ ވަސީލަތްތައް ވެސް ގާއިމުކޮށްފައެވެ. 

އިއްޔެ އޮތް ޕާކު ހުޅުވުމުގެ ހަވީރުގައި ވާހަކަ ދައްކަވަމުން އެ ރަށު ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވީ، ކުރިއާ ހިލާފަށް މިހާރު ޕާކު ބެލެހެއްޓުމަށް ދެ މުވައްޒަފުން ހަމަޖައްސާފައިވާނޭ ކަމަށާއި ކުޑަކުދިން ޕާކުގައި އުޅޭއިރު އެ މުވައްޒަފުން އެކުދިންގެ ކަންކަން ބަލަހައްޓާނެެކަމަށެވެ. 

އިއްޔެގެ ހަވީރުގައި ވަނީ އެކި ފަރާތްތަކުގެ ސްޓޯލްތައް ބަހައްޓާފައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ