މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ފައިނު ކައުންސިލް

ފައިނު ކައުންސިލްގެ ޕިކަޕްގައި ދަތުރުކުރާ އަގުތައް ހެޔޮކޮށްފި

ފައިނު ކައުންސިލްގެ ޕިކަޕްގައި އާންމު ދަތުރުތައް ކޮށްދޭ އަގުތައް ހެޔޮކޮށްފިއެވެ.

ފައިނު ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ޕިކަޕްގެ އަގުތައް ކުރިން ކަނޑައަޅާފައިވާ ގޮތަށް ބަދަލު ގެނައުމަށް ކައުންސިލްގެ 4 ވަނަ ދައުރުގެ 97 ވަނަ އާންމު ޖަލްސާއިން ނިންމާފައިވާ ކަމަށެވެ. 

އެގޮތުން، އާންމު ބޭނުންތަކަށް އާންމުންނަށް ދަތުރު ކޮށްދޭން ހަމަޖެހިފައިވަނީ 50 ރުފިޔާއަށެވެ. ކުރިން އޮތްގޮތުންނަމަ އާންމުންނަށް ވެސް ބަރު ދަތުރުތައް ކޮށްދެނީ 100 ރުފިޔާއަށެވެ. މިފަހުން ގެނައު ބަދަލުގައި ޕްރޮޖެކްޓްސްތަކާއި ގުޅިގެން ކުންފުނިތަކުން ކުރާ ދަތުރުތައް ކޮށްދެނީ 100 ރުފިޔާއަށެވެ. އޭގެ އިތުރުން ދޯނި އެހެލުމަށް ދޯނީގެ ބޮޑު ކުޑަމިނަށް ބަލައި އަގަށް ބަދަލު ގެނެސްފައިވާއިރު، މުއައްސަސާތަކަށް ދަތުރުތައް ކޮށްދޭން ނިންމާފައިވަނީ 50 ރުފިޔާއަށެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ