މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ރ. މާކުރަތު

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މާކުރަތު މީހަކު 12 އަހަރަށް ޖަލަށް

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މާކުރަތު މީހަކު 12 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ބުނެފައިވަނީ ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) ގެ ދަށުން، ރ. މާކުރަތު، އިމޭޖު، މުޙައްމަދު ދާއޫދު، 12 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށްފައިވާ ކަމަށެވެ.

ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ، މީހަކު ކުޑަކުއްޖެއްގެ ހަށިގަނޑުގައި، ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލައިފިކަމަށްވާނަމަ، އެކުރަނީ ކުށެއް ކަމަށެވެ.

އަދި 3 ވަނަ މާއްދާގެ (ނ) ގައި ވަނީ އެ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށެވެ.

މުޙައްމަދު ދާއޫދުގެ ފޯނުން ބަރަހަނާ މަންޒަރު ހިމެނޭ ފޮޓޯ އާއި ވީޑިއޯ ފެނިފައިވާތީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 622 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގެ ދަށުން، އޭނާގެ މައްޗަށް އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ދަޢުލަތުން ކުރި ނަމަވެސް އެ ކުށް އޭނާގެ މައްޗަށް ސާބިތު ނުވާ ކަމަށްވެސް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ.

މި މައްސަލައަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ، ކްރިމިނަލް ކޯޓުން މައްސަލައިގެ ތަފްސީލުތައް ޢާއްމު ކޮށްފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ