މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ފޭސްބޫކް

މާކުރަތުގައި ރަޖިސްޓްރީ ނުކޮށް ގިނަދުވަސް ވެފައިވާ ގޯތިތައް އަތުލަނީ

ރ. މާކުރަތުގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތީގެ ތެރެއިން ރަޖިސްޓްރީނުކޮށް ގިނަ ދުވަސްވެފައިވާ ގޯތިތައް ވަކި މުއްދަތެއް ދިނުމަށްފަހު އަތުލަން އެ ރަށު ކައުންސިލުން ނިންމައިފިއެވެ.

އެ ރަށު ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، 2016 ވަނަ އަހަރު އަދި އޭގެ ކުރިން އެ ރަށުން ދޫކޮށްފައިވާ ބައެއް ގޯތިތައް އަދިވެސް ރަޖިސްޓްރީ ނުކޮށް އެބަހުރި ކަމަށެވެ. 

އެހެންކަމުން، މި މަހުގެ 10 ވަނަ ދުވަހު ބޭއްވި އެ ކައުންސިލްގެ އާންމު ޖަލްސާގެ ނިންމުމުގައި ބުނެފައިވަނީ، 2016 އަދި އޭގެ ކުރިން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން މިއަދާއި ހަމައަށް ވެސް ރަޖިސްޓްރީ ކޮށްފައި ނުވާ ގޯތިތައް ރަޖިސްޓްރީ ކުރުމަށް އަންގައި އެ ފަރާތްތަކުގެ ވަނަވަރު އާންމު ކުރަން ހަމަޖެހިފައިވާ ކަމަށެވެ. 

އަދި ވަނަވަރު އާންމުކުރާތާ 1 މަސް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ނުކުރާ ގޯތިތައް، އެ ގޯތިތައް ދޫކޮށްފައިވާ ފަރާތްތަކުން ވަކިކުރުމަށް ޖަލްސާއިން ފާސްކޮށްފައިވާކަމަށް ވެސް ވަނީ ބުނެފައެވެ. 

މާކުރަތު ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައިވާއިރު ގޯތި ދޫކުރުމަށް އެ ގޯތި އިމާރާތް ނުކޮށް ދިރިއުޅެން ނުފަށައި ފަޅަށް ބޭއްވުމަކީ ރާއްޖޭގެ ގިނަ ރަށްރަށުގައި އާންމު ކަމެކެވެ. އެފަދަ ގޯތިތައް ވަކި އަހަރެއް ވުމުން ވަކިކުރެވޭނެކަމަށް ގާނޫނުގައި ބުނެފައި ވީނަމަވެސް، އާންމުކޮށް އެކަން ރަށްރަށުގައި ތަންފީޒު ކުރެވިފައެއް ނޯވެއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ