މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އަތޮޅު ކައުންސިލް

ވޮލީ އަދި ހޭންޑްބޯލް މުބާރާތުގެ ވެސް ފައިނަލަށް ދުވާފަރާއި ކިނޮޅަސް

ރ. އަތޮޅު ކައުންސިލުން ކުރިއަށް ގެންދާ އަރުތަ ވޮލީ މުބާރާތާއި ހޭންޑްބޯލް މުބާރާތުގެ ފައިނަލަށް ދުވާފަރާއި ކިނޮޅަސް ޓީމް ދަތުރުކޮށްފިއެވެ.

ވޮލީ މުބާރާތުގެ ފައިނަލްގައި ކުޅޭ ދެ ޓީމް ކަށަވަރު ވެފައިވަނީ މީގެ ދެ ދުވަސްކުރިންނެވެ. އެގޮތުން، ދުވާފަރާއި ކިނޮޅަސް ފައިނަލަށް ދަތުރުކުރީ ޖެހިޖެހިގެން ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށްގެނެވެ. 

ފައިނަލަށް ދާ ދެ ޓީމް ކަށަވަރުވީފަހުން އިއްޔެވަނީ ދުވާފަރާއި ކިނޮޅަސް ބައްދަލުކުރާ މެޗް ކުޅެފައެވެ. އެ މެޗް 3 – 1 ސެޓުން ކާމިޔާބު ކުރީ ދުވާފަރުންނެވެ.  

މިއަދު ވަނީ ހޭންޑްބޯލް މުބާރާތުގެ ސެމީ ފައިނަލް މެޗްތައް ވެސް ކުރިއަށް ގެންގޮސްފައެވެ. ސެމީ ފައިނަލްގައި ދުވާފަރު ވާދަކުރީ މަޑުއްވަރީއާއެވެ. އެ މެޗް 13 – 11 އިން ކާމިޔާބުކުރީ ދުވާފަރުންނެވެ. އަދި މީދޫ އާއި ކިނޮޅަސް ބައްދަލުކުރި މެޗް ކިނޮޅަސް ޓީމް ކާމިޔާބު ކުރީ 13 – 9 އިންނެވެ. 

ދެ މުބާރާތުގެ ވެސް ގްރޫޕް ސްޓޭޖްގެ މެޗްތަކުގެ ނަތީޖާ ނުކުތްގޮތުން ދުވާފަރާއި ކިނޮޅަސް މުބާރާތުގެ ފައިނަލްގައި ބައްދަލު ކުރަން ހަމަޖެހިފައިވާއިރު މި ދެ މެޗް ބާއްވާނެ ތާރީހެއް އަދި އަތޮޅު ކައުންސިލުން ނިންމާފައެއް ނުވެއެވެ. ނަމަވެސް، ދެ މުބާރާތުގައި ވެސް ދެ ރަށެއް ވާދަކުރަން ޖެހުން ވެގެންދާނީ މުބާރާތުގެ ފޯރި އިތުރަށް ގަދަވެގެން ދާނެ ކަމެއްގެ ގޮތުގައި ފާހަގަ ކުރެވެއެވެ. 

މިލިޔުން ކިޔާލުމުން

100%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ