މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އިންޓަނެޓް

ވިއްސާރައާ ގުޅިގެން މިއަދަކީ ރަސްމީ ބަންދު ދުވަހެއް ކަމަށް ރައީސް ނިންމަަވައިފި

މިހާރު ރާއްޖެއަށް ކުރަމުން ދާ ގަދަ ވިއްސާރައާ ގުޅިގެން އެތައް ބަޔަކަށް 'ދަތިވެ ތަކުލީފުތަކެއް ލިބިފައި ވާތީ' މިއަދަކީ ރަސްމީ ބަންދު ދުވަހެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސްގެ މި ނިންމެވުން އިއުލާންކުރެއްވީ އެމަނިކުފާނުގެ ތަރުޖަމާން ހީނާ ވަލީދު ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގައެވެ.

ހީނާ ވިދާޅުވީ މެދުނުކެނޑި ބޯކޮށް ވާރޭ ވެހި ރާއްޖޭގެ އެކި ހިސާބުތަކުގައި ފެންބޮޑުވެފައިވާ ކަމަށެވެ.

އޭނާގެ ޕޯސްޓްގައި ލިއުއްވީ "އެކަމުގެ ސަބަބުން ވަރަށް ގިނަ ރައްޔިތުންނަށް ދަތިވެ، ތަކުލީފުތަކެއް ލިބިފައި ވާތީ 2 މާޗު 2025 ވަނަ ދުވަހަކީ (މިއަދު) ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފި،" ކަމަށެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ