މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އިނގުރައިދޫ ކައުންސިލް

​އިނގުރައިދޫ ރަށް ގިރުމުގެ މައްސަލަ ބޮޑުވެ ގެއަކަށް ލޮނުވަންނަނީ

ރ. އިނގުރައިދޫ ރަށް ގިރުމުގެ މައްސަލަ ބޮޑުވެ ގިރާ ސަރަހައްދުގައި ހުރި ގެއަކަށް ލޮނު ވަންނަމުންދާކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

އެ ކައުންސިލުން މިއަދު ބުނީ، އެ ރަށު ގިރާ ސަރަހައްދުގެ ހާލަތު ވަރަށް ގޯސްވެ ކިނބިގަސް ގެއަށް ލޮނު ވަންނަމުންދާކަމުގެ ޝަކުވާ ލިބެމުން ދާކަމަށެވެ. 

ކައުންސިލުން ބުނީ، މި މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ވޭތިވެދިޔަ 2024 ވަނަ އަހަރު ގެނެސްފައި ވާނޭ ކަމަށާ، މިނިސްޓްރީގެ ބޭފުޅުން ދުރުވެ ސާވޭކޮށް ހެދިނަމަވެސް އަދިވެސް އެއްވެސް އަމަލީ މަސައްކަތެއް ކުރެވިފައި ނުވާ ކަމަށެވެ.

އަދި އޭގެ ސަބަބުން މި އިރުވައިގެ ހަޅަޖަހާ ދުވަސްކޮޅު އެސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުގެ މުދަލާއި ގެ ދޮރަށް ގެއްލުންތައް ދަނީ ލިބެމުން ކަމަށާއި ރައްގިރުމުގެ މައްސަލަ އަށް ހައްލެއްހޯދުމަށް ކުރެވެމުންދާ މަސައްކަތަށް  ކަމާބެހޭ ފަރާތްތަކުން އެކަށީގެންވާ އިޖާބައެއްނުލިބި، މި އިރުވައި މޫސުމުގެ  ގަދާގައި ރައްޔިތުން މިވަނީ ނުރައްކަލަށް ހުށަހެޅިފައި ކަމަށް ވެސް ވަނީ ބުނެފައެވެ.
އެ ކައުންސިލުން ފޭސްބޫކްގައި ކޮށްފައިވާ ޕޯސްޓްގައި ހިމަނާފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ގިރާ ސަރަހައްދުގައި ހުރި ގެތަކާއި މޫދާ ދެމެދު ގާތްގަނޑަކަށް ހުންނާނީ 20 ވަރަކަށް ފޫޓެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ