މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އިންޑިޕެންޑެންޓް

މެއި ޖޫންގެ އިމްތިހާނުތައް ފަސްކުރުމާއިމެދު އަދި ގޮތެއް ނުނިންމާ!

މެއި ޖޫންގެ އިމްތިހާނުތައް ފަސްކުރުމާއިމެދު އަދި ގޮތެއް ނުނިންމާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެމިނިސްޓްރީގެ ފޭސްބޫކް ޕޭޖްގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، އިނގިރޭސި ވިލާތުގެ ސްކޫލުތައް ބަންދުކޮށް އެ ސްކޫލުތަކުގެ ދަރިވަރުންނަށް މިއަހަރުގެ ހޫނުމޫސުމުގައި (މޭ/ޖޫން ގައި) ދިނުމަށް ހަމަޖެހިފައިވާ އިމްތިހާނުތައް ކެންސަލް ކުރިކަމުގައި ވީނަމަވެސް އިނގިރޭސިވިލާތް ފިޔަވައި އެހެނިހެން ޤައުމުތަކަށް ފޯރުކޮށްދޭ އިމްތިހާނު (އިންޓަރނޭޝަނަލް އެގްޒެމިނޭޝަން) ތަކާއިމެދު އިމްތިހާނުތައް ފޯރުކޮށްދޭ އިނގިރޭސިވިލާތުގެ މަރުކަޒުތަކުން އެއްވެސް އިތުރުނިންމުމެއް ނިންމާފައި ނުވާތީ ދިވެހިރާއްޖޭގެ ދަރިވަރުން މޭ/ޖޫން ގައި އިށީނުމަށް ހަމަޖެހިފައިވާ އިމްތިހާނުތައް ފަސްކުރުމާމެދު އަދި ގޮތެއްނިންމާފައި ނުވާ ކަމަށެވެ. 

ކޮވިޑް19 އާއި ގުޅިގެން ސްކޫލްތަކުގެ ކިޔެވުން ބަންދުކުރަން ނިންމާފައިވާއިރު އެމިނިސްޓްރީން ފެށި ޓެލެކިލާސްތައްވެސް މިހާރު ވަނީ މެދުކަނޑާލާފައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ