މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ރާއްޖެ.އެމްވީ

އިމްތިޙާނުތަކާއި ޗުއްޓީއަށް ބަދަލު ގެނެސްފައިވާކަމަށް ފަތުރަމުންދާ ވާހަކަ މިނިސްޓްރީން ދޮގުކޮށްފި

ބައެއް އިމްތިޙާނުތަކާއި ޗުއްޓީއަށް ބަދަލު ގެނެސްފައިވާކަމަށް ފަތުރަމުންދާ ވާހަކަ މިނިސްޓްރީން ދޮގުކޮށްފިއެވެ.

އެމިނިސްޓްރީން ދެންމެ ވިދާޅުވެފައިވަނީ، ކޯވިޑް-19އާ ގުޅިގެން އޯލެވެލް އިމްތިހާނާއި ސްކޫލް ޗުއްޓީއަށް އެ މިނިސްޓްރީން ބަދަލު ގެނެސްފައިވާ ކަމަށް ސޯޝަލް މީޑިއާގައި މިހާރު ފަތުރަމުންދާ މަޢުލޫމާތަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު މަޢުލޫމާތުތަކެއް ކަމަށެވެ.

އަދި މުޅި ގައުމަށް ދިމާވެފައިވާ މިފަދަ ކާރިސާގެ ދަނޑިވަޅެއްގައި މިފަދަ ސައްޚަނޫން މަޢުލޫމާތު ނުފެތުރުމަށް އެންމެހާ ފަރާތްތަކަށް އެމިނިސްޓްރީން ވަނީ ނަސޭޙަތްތެރި ވެފައެވެ. 
މިނިސްޓްރީން މިހެން ބުނެފައިވާއިރު، މެއި ޖޫންގެ އިމްތިހާނުތައް ފަސްކުރުމާއިމެދު އަދި ގޮތެއް ނުނިންމާކަމަށްވެސް ބުރާސްފަތި ދުވަހު އެ މިނިސްޓްރީން ބުނެފިއެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ