މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ރީތިރަށުން 800 ކިލޯވޯޓްގެ ޖަނަރޭޓަރސެޓެއް އުނގޫފާރަށް ހަދިޔާކޮށްފި

ރީތިރަށް ރިސޯޓުން ރ. އުނގޫފާރަށް 800 ކިލޯވޯޓްގެ ޖަނަރޭޓަރސެޓެއް ހަދިޔާކޮށްފިއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި، މިއީ، ރީތިރަށް ރިސޯޓުން ސީ.އެސް.އަރގެ ދަށުން އުނގޫފާރު ކައުންސިލަށް ހަދިޔާކޮށްފައިވާ ޖަނަރޭޓަރސެޓެކެވެ. އަދި މިއީ، އެރިސޯޓްގައި ކުރިން ބޭނުން ކޮށްފައިވާ ޖަނަރޭޓަރ ސެޓެއްކަމަށާއި އެރިސޯޓްގެ އިންޖީނުގެ އަޕްގްރޭޑް ކުރުމުގެ ތެރޭގައި ނެގި ޖަނަރޭޓަރސެޓް ތަކުގެ ތެރެއިން 1 ޖަނަރޭޓަރސެޓް ކަމަށް އުނގޫފާރު ކައުންސިލުން މަޢުލޫމާތު ދެއްވައެވެ. 

މި ޖަނަރޭޓަރސެޓް މިއަދު މެންދުރުފަހު އުނގޫފަރަށް ގެންގޮސް ބޭލުމުގެ މަސައްކަތް ކުރެވޭނެކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ. 

އުނގޫފާރަކީ، އެރަށު ކައުންސިލުން ރައްޔިތުންގެ ނަމުގައި ކަރަންޓްގެ ޚިދުމަތް ދެމުންދާ ރަށެކެވެ. މިޖަނަރޭޓަރސެޓް އުނގޫފާރަށް ހަދިޔާކުރި މައިގަނޑު ސަބަބެއްކަމުގައިވަނީ އުނގޫފާރަކީ ކައުންސިލުން އަމިއްލައަށް ކަރަންޓްގެ ޚިދުމަތް ދޭ ރަށަކަށްވުމެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ