މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ކުލަބް ޔަންގްސްޓަރސް / ޙުސައިން ވަޙީދު

ސީ.ވައި.އެސް ޤުރްއާން މުބާރާތް މިއަހަރު ނުބޭއްވުނަސް ރޯދަ ކުއިޒް އޮންނާނެ

ފައިނު ކުލަބް ޔަންގްސްޓަރސްގެ ފަރާތުން ބާއްވާ ޤުރްއާން ކިޔެވުމުގެ މުބާރާތް މިއަހަރު ނުބާއްވަން ނިންމައިފިއެވެ.

ސީ.ވައި.އެސްގެ ރައީސް ޢަބްދުއް ސަލާމް ވިދާޅުވީ، މިމުބާރާތް މިއަހަރުވެސް ބޭއްވުމަށް ބައެއް ތައްޔަރީތައްވެސް ވެފައިވާކަމަށާއި ނަމަވެސް ކޮވިޑް19 އާއި ގުޅިގެން ދިމާވެފައިވާ މި ޙާލަތުގައި އެންމެ އިސްކަމެއް ދޭން ޖެހިފައިވަނީ އާންމު ޞިއްޙަތުގެ ރައްކާތެރިކަން ކަމަށްވާތީ މިމުބާރާތް މިއަހަރު ނުބާއްވަން ނިންމީކަމަށެވެ. 

ޤުރްއާން މުބާރާތް ނުބޭއްވުނު ނަމަވެސް، ފާއިތުވި 2 އަހަރުވެސް ސީ.ވައި.އެސްއިން ކުރިޔަށް ގެންދިޔަ ރޯދަ ކުއިޒް މިއަހަރުވެސް އޮންނާނެކަމަށްވެސް ސީ.ވައި.އެސްއިން ވަނީ ބުނެފައެވެ. މިމުބާރާތުގައި ބައިވެރިވެވޭނީ، ފައިނުގައި ރަޖިސްޓްރީވެފައިވާ މީހުންނަށާއި ފައިނު މީހަކާއި ކައިވެނިކޮށްގެން އުޅޭ މީހުނަށާއި އެފަދަ މީހުންގެ ދަރިންނަށާއި އަދި ފައިނުގައި ދިރިއުޅޭ މީހުނަށެވެ. މިމުބާރާތަކީ، އޮންލައިންކޮށް ޖަވާބު ހުށަހެޅޭގޮތަށް ކުރިޔަށްދާ ސުވާލު މުބާރާތެކެވެ. ރަމަޟާން މަހާއި ގުޅޭ ދީނީ ސުވާލުތަކެއް ހިމެނޭ މި މުބާރާތުގައި ކޮންމެ ދުވަހަކުވެސް އެއް ސުވާލު ސީ.ވައި.އެސްގެ ފޭސްބޫކް ޕޭޖްގައި އާންމުކުރާނެއެވެ. އަދި ރަމަޟާން މަސް ނިމެންދެން މިމުބާރާތުގެ ހުރިހާ ސުވާލުތަކަށް ޖަވާބު ދިނުމުގެ ފުރުޞަތު ލިބިގެން ދާނެއެވެ.

ކުލަބް ޔަންގްސްޓަރސްގެ ޤުރްއާން މުބާރާތާއި ރޯދަ ކުއިޒަކީ ގިނަ ބަޔަކު ބައިވެރިވާ، އެތައްބައެއްގެ ތަޢުރީފް ލިބިފައިވާ 2 މުބާރާތެވެ. 

މިލިޔުން ކިޔާލުމުން

17%
އުފާވި
50%
ދެރަވި
17%
ހިނިއައި
17%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ