"މައްސަލަ ރިޕޯޓް ކުރުން ގިނަވުމަކީ މައްސަލަ ގިނަވުންކަމުގައި ނުވެދާނެ"
މައްސަލަ ރިޕޯޓްކުރުން ގިނަވުމަކީ، މައްސަލަ ގިނަވުން ކަމުގައި ނުވެދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.
ޖިންސީ ގޯނާ ކުރުމުގެ އެކި މައްސަލަތައް ރިޕޯޓްކުރާ މިންވަރާއި ހާމަވަމުންދާ މިންވަރު އިތުރުވެފައިވާ މިދަނޑިވަޅުގައި، މެންބަރު މުޙައްމަދު ވަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މައްސަލަ ރިޕޯޓްކުރުން ގިނަވުމަކީ މައްސަލަ ގިނަވުން ކަމަށް ނުވެދާނެ ކަމަށާއި، ޖެހިލުންވުމެއް ނެތި މައްސަލަތައް ހާމަކުރަން ކެރުމާއި ރިޕޯޓްކުރުން ގިނަވުމަކީ، މައްސަލަ އޮތް މިންވަރު ދެނެގަނެ އޭގެ ހައްލަށް މަސައްކަތްކުރަން ހުޅުވޭ ދޮރެއް ކަމަަށެވެ.
މިދުވަސްވަރު ވެފައިމިވަނީ، ރޭޕްގެ ކޭސްތަކެއްގެ އިތުރުން ޖިންސީ ފުރައްސާރައިގެ އެކި މައްސަލަތައްވެސް ރިޕޯޓްކުރާ މިންވަރު އިތުރު ދުވަސްވަރަކަށެވެ. އެގޮތުން ޓޫރިޒަމް މިނިސްޓަރުގެ މަޤާމްގައި ހުންނެވި ޢަލީ ވަހީދުގެ މިފަދަ މައްސަލަތަކެއް ފެންމަތިވެފައިވާތީ، ރައީސުލްޖުމްހޫރިއްޔާ މިއަދުވަނީ ޢަލީ ވަހީދު އެމަޤާމުން ވަކި ކުރައްވާފައެވެ.