މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ޕޮލިސްމީޑިއާ

މަސްތުވާތަކެއްޗާއެކު ރ. މީދޫން މީހަކު ހައްޔަރުކޮށްފި

ފުލުހުންގެ އިންޓެލިޖެންސާއި ރ. މީދޫގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ރ. މީދޫން މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.

މަޑުއްވަރިން މީދުއަށް ލޯންޗެއްގައި އަންނަ މީހަކު މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މި ސެޕްޓެމްބަރ މަހުގެ 12 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ ރަށު މަގުމަތިން އެމީހާ ހައްޔަރުކޮށް ބަލައިފާސްކުރި ކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 16 ސެލޯފިންކޮޅު ފެނިފައިވެއެވެ. މިމައްސަލައިގައި ހައްޔަރުކުރީ، މަޑުއްވަރިއަށް ނިސްބަތްވާ މީހެއްކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. 

މި މައްސަލަ މީދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
50%
ދެރަވި
50%
ހިނިއައި
0%
ރުޅިއައި

1 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

މަޑުއްވަރީ މީހާ 4 years ago

މީދޫ މީހުން ވަރަށް ބޭނުން ނުވާނެ މީދޫން ހައްޔަރުކޮށްފިއޭ ބުނަން. އެކަމު މަޑުއްވަރީ މީހާވެސް މީދޫއަށް ގެންދާނީ މީދޫގައި އެބޭނުންވާ މީހަކު ހުރީމަތާ.. ހަގީގަތާއި ކުރިމަތިލާންވީ...

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ