މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: މީސްމީޑިއާ

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތްތައް އެލިޔާއަށް

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތްތައް އެލިޔާއާއި ހަވާލު ކޮށްފިއެވެ.

ސަރުކާރުން ޓާޝަރީ ފެންވަރަށް ތަރައްޤީކުރަން ހަމަޖައްސާފައިވާ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތްތައް ކުރުމަށް އެލިޔާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެކު ސޮއި ކޮށްފައިވަނީ މިއަދެވެ. 
އިތުރުކުރުމަށް ހަމަޖެހިފައިވާ ޢިމާރާތުގެ ކުރެހުމެއް
އުނގޫފާރު ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ވަހީދު ވިދާޅުވީ، ހޮސްޕިޓަލަށް އިތުރުކުރާ މިއިމާރާތުގައި އެމް.އާރް.އައި ރޫމަކާއި 10 އެނދުގެ އީ.އާރް ކޮމްޕްލެކްސްއަކާއި 2 އޮޕަރޭޝަން ތިއޭޓަރ ހިމެނޭ އޯ.ޓީ ކޮމްޕްލެކްސް އެއްގެ އިތުރުން ރޭޑިއޯލޮޖީ ޑިޕާޓްމެންޓަކާއި އިތުރު ޕްރައިވެޓް ކޮޓަރިތައް ހިމެނޭނެ ކަމަށެވެ. 

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލު ކުރުމަށް ސަރުކާރުން ގެންދަނީ ގިނަ ބަދަލުތަކެއް އެ ހޮސްޕިޓަލަށް ގެންނަމުންނެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ