މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އަވަސް

ތިމާއާއި ފަރުދުން ރައްކާތެރިކުރުމަކީ ފަރުދީ ވާޖިބެއް - ޚުޠުބާ

މުޅިދުނިޔެ މިވަގުތު ތަޙައްމަލު ކުރަމުން މިދާ ދަތި، އުނދަގޫ ޙާލަތަކީ ފަހުގެ ތާރީޚެއްގެ އިންސާނުން ދެކިފައިނުވާ ފަދަ ބަލިމަޑުކަމެއް ފެތުރެމުންދާ ދުވަސްވަރެއްކަމާއި މިފަދަ ދުވަސްވަރެއްގައި ފެތުރެމުންދާ ވަބާތަކުން ސަލާމަތްވުމަށް ﷲ ގެ ޙަޟްރަތުން ވާޤިއަށް އެދޭ ޙާލު ސަބަބުތަކުގައި ހިފުމަށް މިއަދުގެ ޚުޠުބާގައި ގޮވާލާއްވައިފިއެވެ.

އެންމެ 4 ޞަފްހާގެ މައްޗަށް އެކުލެވިގެންވާ މިކުރު ޚުޠުބާގައިވަނީ ތިމާއާއި، ތިމާގެ އަޙުލުންނާއި މުޖުތަމަޢުގެ އަފްރާދުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަކީ ފަރުދީ ވާޖިބެއް ކަމުގައްޔާއި މިފަދަ ނުރައްކަލުން ސަލާމަށްވުމަށް އޮތްމަގަކީ ﷲ ށް ބިރުވެތިވުން ކަމުގައިވެސްވަނީ ފާހަގަ ކުރައްވާފައެވެ. 

ޚުޠުބާގައި އިތުރަށް ފާހަގަ ކުރައްވާފައިވަނީ މިދަތި ޙާލަތަށްފަހު ފަސޭޙަކަމެއް އަންނާނެކަމާއި އެއީ އިލާހީ ސުންނަތްކަން ހަނދާންކޮށްދީފައެވެ. އަދި އެއީ ﷲ އެއިލާހުގެ އަޅުތަކުންގެ ފާފަތައް ފުހެވިގެންދާނެ ދޮރެއްކަމުގައި ވެސްވަނީ ހަނދާން ކޮށްދީފައެވެ. 

ލޮބުވެތި ކިޔުންތެރިން!! އަހަރެމެންނަށް އޮތީ ކަމާއިބެހޭ ފަރާތްތަކުން ދެއްވާ އިރްޝާދުތަކަށް ތަބާވުމާއިއެކު ﷲ ގެ ޙަޟްރަތުން ވާގިއަށް އެދުމެވެ. މާސްކުއެޅުމާއި ގައިދުރުކަން ބެހެއްޓުމާއި މިނޫންވެސް ސާފްތާހިރުކަމުގެ އެންމެހައި ކަންކަން ކުރުމެވެ. އަބަދުވެސް ހަނދާންކުރަންވީ ކަމަކީ މިފަދަ ކޮންމެ ކަމަކާއިއެކު ﷲގެ ފުއްސެވުމާއި ރުއްސެވުން ލިބޭނެކަމާއި ދުޢާ ކުރުމާއިއެކު ކެތްތެރިވުމުގެ ރިވެތި އާދަ ހަރުލެއްވުމަށް ރަނުގެ ފުރުޞަތެއް ކަމުގައެވެ. 

އަޙްމަދު ޝަރީފް

Ahmed Shareef

އަޙުމަދު ޝަރީފަކީ ފައިނު ސްކޫލްގައި ވަޒީފާ ޢަދާ ކުރަމުންގެންދާ މުދައްރިސެކެވެ. އަދި ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ރަށު ފެންވަރުގައި އިސްވެ އުޅުއްވާ ފަރާތެކެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
100%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ