މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަސައްކަތް ފަށައިފި

ފައިނުގެ ލޭންޑްޔޫސް ޕްލޭން ހެދުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ. 
 
މިމަސައްކަތް ކުރައްވަނީ ކަމާއި ގުޅޭ ތަމްރީނު ލިބިލައްވާފައިވާ ނ. އަތޮޅު ކައުންސިލްގެ އިދާރާގައި މަސައްކަތް ކުރައްވާ ބޭފުޅަކާއި މިކައުންސިލް އިދާރާގެ މުވައްޒަފުންނެވެ. ޕްލޭން ހެދުމުގެ މަސައްކަތް މިއަދު ފެށިފައިވާއިރު، މިމަސައްކަތް 15 ވަރަކަށް ދުވަހަށް ދެމިގެން ދާނެއެވެ. އަދި މިމަސައްކަތް ކުރިޔަށް ދާއިރު، ރަށުގެ އެކިއެކި މުއައްސަސާތަކާއި ކުލަބު ޖަމްޢިއްޔާތަކާއި އެކިއެކި ދާއިރާތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކާއި އަދި ޖުމުލަކޮށް ރައްޔިތުންނާއި ބައްދަލުކޮށް މަޝްވަރާ އާއި ޙިޔާލު ހޯދުމުގެ މަސައްކަތް ކުރެވޭނެއެވެ. މިޕްލޭން ތައްޔާރު ކުރުމުގައި ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ރ. އަތޮޅު ކައުންސިލް އިދާރާގެ މެޝިނެކެވެ.
 
މިމަސައްކަތަކީ ފައިނުގެ ބިން އެންމެ ހެޔޮގޮތުގައި ބޭނުން ކުރުމަށްޓަކައި ކައުންސިލުން އިސްނަގައިގެން މިކަމަށް ސަރުކާރުން ފައިސާ ހޯދައިގެން ކުރެވެމުންދާ މަސައްކަތެކެވެ. ޕްލޭން ތައްޔާރުކޮށް ނިމުމުން ރައްޔިތުންގެ ޖަލްސާއަކަށް ހުށަހަޅައި ފާސްކުރެވޭނެއެވެ. ކުރިޔަށް އޮތް 30 އަހަރު ދުވަހުގެ މުއްދަތަށް ތައްޔާރުކުރެވޭ މި މުހިންމު ޕްލޭން ތައްޔާރު ކުރުމުގައި ރަށުގެ އެންމެހާ ލޮބުވެތި ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލެއްވުން ލިބިގެންދިޔުމަކީ ކައުންސިލްގެ ވަރަށްބޮޑު އެދުމެކެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

(ކޮމެންޓްކުރުން ބަންދުކުރެވިފައި)

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ