މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

އިންތިޚާބުގައި ކޮއްޓެފަރު ރިސޯޓުގައި ވޯޓްފޮށި ނުބަހައްޓާނެ!

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ކޮއްޓެފަރު ރިސޯޓްގައި ވޯޓްފޮށި ނުބަހައްޓާގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އެ ކޮމިޝަނުން މިއަދު އާންމު ކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020ގައި ވޯޓުފޮށި ނުބަހައްޓާ ރިސޯޓުތަކުގެ ލިސްޓްގައި އިތުރު ބައެއް ރިސޯޓްތައްވެސް ހިމެނިފައިވެއެވެ. 

ވޯޓު ފޮށި ނުބަހައްޓާން ނިންމާފައިވަނީ، ވޯޓުފޮށި ބަހައްޓަން ހަމަޖެހިފައިވާ ތަންތަނުގެ ތެރެއިން ރިސޯޓުތަކުގައި ރީ-ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ހަމަވި އިރު ވޯޓުފޮށި ބެހެއްޓޭ އަދަދަށްވުރެ މަދުން ބައެއް ރިސޯޓުތަކަށް ވޯޓުލުމަށް މީހުން ރަޖިސްޓަރީވެފައިވާތީއެވެ. އަދި މި ރިސޯޓުތަކުގައި ދިރިއުޅޭ އަދި މަސައްކަތްކުރާ ދިވެހި ރައްޔިތުން، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020ގައި ވޯޓުލުމަށްޓަކައި އަލުން ރަޖިސްޓަރީ ކުރަން ޖެހޭނެ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ