މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އިންޓަނެޓް

ޝަޢުބާން މަހުގެ 15 ވިލޭރެއާއި އެދުވަހު ކުރަން ޙާއްސަ ކަމެއް ނުވޭ - ޚުޠުބާ

އަހަރެމެން ވޭތިކުރަމުންމިދާ ޝަޢުބާން މަހަކީ އެމަހެއްގެ އެންމެ ގިނައިން ކީރިތި މާތް ނަބިއްޔާ ރޯދަ ހިއްޕެވި މަސްކަމާއި އެއީ ގިނަ މީސްތަކުން ހަނދާން ނައްތާލާފައިވާ މަހެއްކަމާއި ޝަޢުބާންމަހުގެ ފަހު 15ށް އެޅުމުން ސުންނަތް ރޯދަހިފުން ހުއްޓާލުމަށް ހަދީޘުން ޘާބިތުވާކަމުގައި މިއަދުގެ ޚުޠުބާގައި ގޮވާލައްވާފިއެވެ.

މިއަދުގެ ޚުޠުބާގައި އިތުރަށް ފާހަގަ ކުރައްވާފައިވަނީ ޢާއްމުކޮށް ހޯމަ ބުރާސްފަތީގައި ރޯދަ ހިފާ މިހުންނާއި، ހަނދުމަހުން 13، 14، އަދި 15ގައި ރޯދަ ހިފާ މިހުންނާއި ޤަޟާރޯދަ ހިފާ މީހުންނާއި، ނަދުރުރޯދަ ހިފާމީހުން ފިޔަވާ އެހެންމީހުން ޝަޢުބާން މަހުގެ ފަހު 15 ދުވަހަށް ވުމުން ސުންނަތް ރޯދަ ނުހިފުމަށެވެ. އަދި ގެއްލިފައިވާ ރޯދަ ހިފަންޖެހޭ މީހުން އެރޯދަތައް ހިފާ ހަމަކުރުމަށް އަވަސްގަތުމަށްވެސްވަނީ ގޮވާލައްވާފައެވެ. 

މީގެއިތުރުންވެސް، ޝަޢުބާން މަހުގެ ފަނަރަ ދުވަހާއި ވިލޭރޭ ޙާއްޞަވާ އެއްވެސް ދަލީލެއް ނެތްކަމާއި އެރޭގައި ކުރަން ވަކި ހާއްޞަ ނަމާދެއް، ނުވަތަ ދުޢާއެއް ނުވާކަމުގައްޔާއި، މިމަސް ހާއްޞަވަނީ ހިޖުރައިން ދެވަނަ އަހަރު މުސްލިމުންގެ ޤިބުލަ މަސްޖިދުލް ޢަޤްޞާއިން އަލްމަސްޖިދުލް ޙަރާމަށް ބަދަލުކުރެއްވުނު މަސްކަމުންކަމުގައިވެސްވަނީ ވިދާޅުވެފައެވެ. 

ލޮބިވެތި ކިޔުންތެރިން! ޤަޟާކުރަންޖެހިފައިވާ ރޯދަތައް އަވަހަށް ޤަޟާކުރާށެވެ. ރަމަޟާންމަހަށް ތައްޔާރުވާށެވެ. ރަމަޟާންމަހުގައި އިޙްޔާކޮށް ދިރުވާނެ ގޮތްތައް ރަވާށެވެ. ހިތްތައް ސާފުކޮށް ގުޅުންތައް ޤާއިމްކުރާށެވެ.       

އަޙްމަދު ޝަރީފް

Ahmed Shareef

އަޙުމަދު ޝަރީފަކީ ފައިނު ސްކޫލްގައި ވަޒީފާ ޢަދާ ކުރަމުންގެންދާ މުދައްރިސެކެވެ. އަދި ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ރަށު ފެންވަރުގައި އިސްވެ އުޅުއްވާ ފަރާތެކެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ