މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ފައިނުން 140 މީހަކު ކޮވިޑް19 ގެ ވެކްސިން ޖަހައިފި

ކޮވިޑް19 އިން ރައްކާތެރިވުމަށް ޖަހަމުންދާ ވެކްސިން ފައިނުގެ 140 ފަރާތަކުން ޖަހައިފިއެވެ.

ފައިނު ޞިއްޙީ މަރުކަޒުން މަޢުލޫމާތު ދިން ގޮތުގައި، 18 އަހަރުން މަތީގެ 282 މީހުން ފައިނުގައި ދިރިއުޅެމުން ދާއިރު އޭގެ ތެރެއިން މިހާތަނަށް ވެކްސިންގ ޖަހާފައިވަނީ 140 މީހެކެވެ. އެހެންކަމުން 18 އަހަރުން މަތީގައި ވެކްސިންގ ނުދެވި މިހާރު ތިބީ 142 ފަރާތެކެވެ. ރަށުގައި ދިރިއުޅޭ އާބާދީގެ އިންސައްތައަށް ބަލާއިރު ވެކްސިން ޖަހާފައިވަނީ 49.64 އިންސައްތަ މީހުނެވެ. އަދި ވެކްސިންގ ނުދެވެނީ 50.36 އިންސައްތަ މީހުނަށެވެ. ވެކްސިން ޖެހި މީހުންގެ ތެރޭގައި 60 އަހަރުން މަތީގެ 17 މީހަކު ހިިމެނެއެވެ. އަދި 18 އަހަރާއި 59 އަހަރާއި ދެމެދުގެ 123 މީހަކު ހިމެނެއެވެ.

ކޮވިޑް19 އަށް ރާއްޖޭގައި އެންމެ ފުރަތަމަ ދޭންފެށި ވެކްސިން ކަމަށްވާ ކޮވިޝީލްޑް ވެކްސިން ޖެހުން ފައިނުގައިވެސް މިހާރުވަނީ މަޑުޖައްސާލާފައެވެ. އަދި ދެން ވެކްސިން ޖަހަން ބޭނުންވާ ފަރާތްތަކަށް ލިބިގެންދާނީ ޗައިނާގައި އުފައްދާފައިވާ ސިނޯފާމް ވެކްސިނެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ