މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ފައިނު ސިއްހީ މަރުކަޒަށް އީގަވަރމަންޓް ނެޓްވޯކް ކޭބަލް އަޅައިދޭނެ ފަރާތެއް ހޯދަނީ

ފައިނު ސިއްހީ މަރުކަޒަށް އީގަވަރމަންޓް ނެޓްވޯކް ކޭބަލް އަޅައިދޭނެ ފަރާތެއް ހޯދަން އިޢުލާން ކޮށްފިއެވެ.

ފައިނު ޞިއްޙީ މަރުކަޒުން ކޮށްފައިވާ އިޢުލާނެއްގައި ވާގޮތުން، އެ މަރުކަޒުން ދޭ މަޢުލޫމާތާއި އެއްގޮތަށް، ފައިނު ކައުންސިލްގެ އިދާރާއިން ފެށިގެން ޞިއްޙީ މަރުކަޒުގެ އޮފީސް އިމާރާތާއި ހަމައަށް އީ ގަވަރމަންޓް ނެޓްވޯކް އެޅުމަށް ބޭނުންވާ ކޭބަލް ވަޅުލައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
 
މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 2021 މެއި 9 ވަނަ ދުވަހު މެންދުރު 11:00 ގައި ފައިނު ޞިއްޙީ މަރުކަޒުގައެވެ. އަދި އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ 2021 މެއި 11 ވަނަ ދުވަހުގެ މެންދުރު 11:00 އެ މަރުކަޒުގައެވެ. އިޢުލާނުގައި އިތުރަސް ބުނެފައިވާ ގޮތުގައި، މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް އެހެން ފަރާތެއް ބަދަލުގައި ފޮނުވާނަމަ، ބަދަލުގައި ދާ ފަރާތެއްކަން އެނގޭނެފަދަ ލިޔުމެއް ގެންނަންވާނެ ކަމަށާއި، މިކަމަށް އެދި ކުރިމަތިލެވޭނީ، ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު ( 2014/18 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު ( 2014/19 ) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށްވެސް ބުނެފައިވެއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ