މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އަބްދު ﷲ ފައިސަލް

މާދަމާ ފައިނުގައި ހުކުރު ނަމާދުގެ ޖަމާޢަތް އާންމުކޮށް ހުޅުވާ ނުލާން ނިންމައިފި

ފައިނުގައި 2021 ޖޫން 18 (މާދަމާ) ގެ ހުކުރު ނަމާދުގެ ޖަމާޢަތް އާންމުކޮށް ހުޅުވާލުމަށް ހަމަޖެހިފައި ނުވާކަމަށް ކޮވިޑް19 ފައިނު ޓާސްކްފޯސްއިން ބުނެފިއެވެ.

ފައިނު ޓާސްކްފޯސްއިން ބުނެފައިވަނީ، މާދަމާ ހުކުރު ނަމާދު ކުރިޔަށް ދާނީ މިސްކިތު މުވައްޒަފުންނާއި ޚުޠުބާ ވިދާޅުވާ ބޭފުޅާއާއިއެކު ކަމަށެވެ. 

މިއީ، ފައިނުގެ ތާރީޚުގައި ކޮވިޑް19 އާއި ގުޅިގެން މިސްކިތު މުވައްޒަފުން އެކަނި ހިމެނޭގޮތަށް ހުކުރު ކުރާ ހަމައެކަނި ފަހަރެވެ. ނަމަވެސް، މީގެ ކުރިން ކޮވިޑް19 ގެ ހާލަތު އެންމެ ފުރަތަމަ ރާއްޖޭގައި ގޯސްވި ދުވަސްވަރު ހުކުރު ނަމާދުތަކެއް ނުކޮށް ދޫކޮށްލާފައިވެއެވެ. 

ކޮވިޑް19 ގެ ކޭސްތަކެއް ފެނި މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން ފައިނު އޮތީ މޮނިޓަރިންގައެވެ. މިހާތަނަށް ކޮމިއުނިޓީ ތެރެއިން 28 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ