މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ފައިނު ކައުންސިލް

ފައިނު ކުންނާރުމާގޭ އާއިލާގެ ފަރާތުން ރައްޔިތުންނަށް 15000 ރުފިޔާގެ އެހީއެއް ދީފި

ފައިނުގައި ކޮވިޑް19 ފެތުރި ރަށް މޮނިޓަރިންގެ ހާލަތުގައި އޮތުމާއި ގުޅިގެން، ރ. ފައިނު ކުންނާރުމާގޭ އާއިލާގެ ފަރާތުން ފައިނު ރައްޔިތުންނަށް 15000 ރުފިޔާ ހަދިޔާ ކޮށްފިއެވެ.

މި ފައިސާ ކައުންސިލާއި ހަވާލު ކުރުން ކުރިޔަށް ގެންގޮސްފައިވަނީ މިއަދު ފައިނު ކައުންސިލް އިދާރާގައެވެ.

މިކަމާއި ގުޅޭގޮތުން، ކުންނާރުމާގޭ އާއިލާގެ ފަރާތުން ބުނީ، ފައިނު ރައްޔިތުންނަށް ފައިސާގެ އެހީތެެެރިކަމެއް ވެދިނުމުގެ ބޭނުމަކީ ކޮވިޑްގެ ބަލިމަޑުކަން ރަށުގައި ފެތުރި ރަށުގެ ރައްޔިތުން ފުރަބަންދުވެ އާމްދަނީ ހޯދުމަށް ދަތިވެފައިވާ މިދަނޑިވަޅުގައި އެހީތެެރިކަމެއް ފޯރުކޮށްދެއްވެން އޮތް ކޮންމެ ފަރާތަކުން އެމީހެއްގެ ކެެރިފޯރުންތެރިކަން ހުރި މިންވަރަކުން އެހީތެރިވުމަކީ މުހިންމުކަމެއް ކަމުގައި ދެކޭތީއެވެ.

އެ އާއިލާގެ ފަރާތުން ފައިސާގެ ބޮޑު އެހީތެރިކަމެއް ވެދީފައިވާތީ ފައިނު ކައުންސިލުންވަނީ ކުންނާރުމާގޭ އާއިލާއަަށް ޝުކުރު އަދާ ކޮަށްފައެވެ. 

ކޮވިޑް19 ރަށުގައި ފެތުރިފައިވާ މި ދަނޑިވަޅުގައި ރަށުގެ އެކިއެކި ފަރާތްތަކުން އަންނަނީ އެކި ގޮތްގޮތުން އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. 

މިލިޔުން ކިޔާލުމުން

100%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ