މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ޢަބްދުﷲ ފައިސަލް

ފައިނުގައި މާދަމާގެ ހުކުރު ނަމާދު ޖަމާޢަތް އާންމުކޮށް ހުޅުވާލަން ނިންމައިފި

ފައިނުގައި މާދަމާ ކުރާ ހުކުރު ނަމާދުގެ ޖަމާޢަތް އާންމުކޮށް ހުޅުވާލަން ކައުންސިލުން ނިންމައިފިއެވެ.

ފައިނު ކައުންސިލުން ބުނެފައިވަނީ، މާދަމާގެ ހުކުރު ނަމާދުގެ ޖަމާޢަތް އާންމުކޮށް ހުޅުވާލަން ނިންމި ކަމުގައި ވީނަމަވެސް، ކޮވިޑް19 އާއި ގުޅިގެން ހޯމް އައިސޮލޭޝަންގައި ތިބި ފަރާތްތަކާއި ކަރަންޓީން ކޮށްފައިވާ ގޭގޭގެ ފަރާތްތަކުން މިސްކިތަށް ނުދިޔުމަށް ދަންނަވާކަމަށެވެ. 

އަދި ކޮވިޑް19 ރަށުގައި ފެތުރިފައިވާ މި ހާލަތުގައި ކުޑަކުދިން މިސްކިތަށް ނުފޮނުވުމަށް ވެސް ކައުންސިލުން އެދިފައިވެއެވެ. މީގެ އިތުރުން، މިސްކިތަށް ދާ ފަރާތްތަކުން ވެސް ގައިދުރުކަން ބެހެއްޓުމަށާއި، މާސްކް އެޅުމަށާއި އަދި އަމިއްލަ މުސައްލައެއް ގެއްދިޔުމަށް ކައުންސިލުންވަނީ އެދިފައެވެ. 

ފައިނުގައި ކޮވިޑް19 ފެތުރިފައިވާތީ ފާއިތުވި ހަފްތާގެ ހުކުރު ނަމާދު ކޮށްފައިވަނީ ޖަމާޢަތް އާންމުކޮށް ހުޅުވާ ނުލައެވެ. 

ފައިނުގައި މިހާތަނަށް ކޮމިއުނިޓީ ތެރެއިން 34 ފަރާތެއް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. ނަމަވެސް، އޭގެ ތެރެއިން 18 ފަރާތެއް ބަލިން ފަސޭހަވެ މިހާރުވަނީ އެކްޓިވް ކޭސްގެ އަދަދު 16 އަށް ތިރިވެފައެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ