މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ޝަފީޢު

ފައިނުން ޕޮޒިޓިވްވި އެންމެންވެސް ބަލިން ރަނގަޅުވެއްޖެ

ފައިނުން ކޮވިޑް19 އަށް ޕޮޒިޓިވްވި އެންމެން ބަލިން ރަނގަޅުވެއްޖެއެވެ.

ފައިނުން ކޮމިއުނިޓީގެ ތެރެއިން ކޮވިޑް19 ގެ 2 ކޭސް ފެނިފައިވަނީ 6 ޖޫންގައެވެ. އެއާއިއެކު ރަށް މޮނިޓަރިން ހާލަތަށް ގެނައެވެ. އަދި އެއަށްފަހު ނެގި އެކި ސާމްޕަލްތަކުގެ ތެރެއިން 36 ސާމްޕަލެއް ޕޮޒިޓިވް ވެފައިވެއެވެ. 

ފައިނުން އެންމެފަހުން ޕޮޒިޓިވްވީ މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހު ބިދޭސީ މީހެކެވެ. އޭނާވެސް ބަލިން ރަނގަޅުވެފައިވާތީ، މިބައްޔަށް ފައިނުން ޕޮޒިޓިވްވި 36 މީހުން މިހާރު މިވަނީ ބަލިން ރަނގަޅުވެފައެވެ. 

އެންމެފަހުން ފައިނުން ޕޮޒިޓިވްވި ބިދޭސީ މީހާ ޕޮޒިޓިވްވި ދުވަހުން ފެށިގެން މިއަދާއި ހަމައަށް އެކި ދުވަސްމަތިން ޖުމުލަ 60 ސާމްޕަލެއް ނަގާފައިވެއެވެ. މީގެ ތެރެއިން މިހާރު ނަތީޖާ ނުލިބިވާ 20 ސާމްޕަލް ފިޔަވާ އެނޫން ސާމްޕަލްތައް ވަނީ ނެގެޓިވް ވެފައެވެ. 

އެހެންކަމުން، ނަތީޖާ ނުލިބޭ 20 ސާމްޕަލްގެ ނަތީޖާ ނެގެޓިވް ވެއްޖެނަމަ ފައިނު މޮނިޓަރިން ހާލަތުން ނަގާނެކަމަށް މަޢުލޫމާތު ލިބެއެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ