މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ފޭސްބޫކް

އުނގޫފާރުގައި ފަށާ ނިޔަމި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ނިޔަމިކަމުގެ (ސެޓްފިކެޓް ލެވެލް 1) ގެ ކޯހެއް މިޖުލައި މަހު އުނގޫފާރުގައި ފަށާ ގޮތަށް ހަމަޖެހިއްޖެއެވެ.

އުނގޫފާރު ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، އުނގޫފާރު ކައުންސިލާއި، އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި  މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ނޯޓިކަލް ސައިންސްއާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ  މިކޯސް ފެށުމަށް ހަމަޖެހިފައިވަނީ 22 ޖުލައި 2021 ގައި ކަމަށެވެ.

ހަތަރު ދުވަހަށް ދެމިގެންދާ މިކޯހުގެ ފީގެ ގޮތުގައި ހަމަޖައްސާފައިވަނީ -/2000 ރުފިޔާއެވެ. އަދި މިކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 9982021 ނަމްބަރ ފޯނާއި ގުޅުއްވާ  ނަންނޯޓް ކުރެއްވުމަށް، މިއިޢުލާނުގައި އެދިފައިވެއެވެ. 

ނިޔަމި ކޯހަކީ ކަނޑު ދަތުރުފަތުރު ކުރާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ނެގުމަށް ފުރިހަމަ ކުރަންޖެހޭ ކޯހެކެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
100%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

1 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

އަލީ 3 years ago

ރަނގަޅު ފެށުމެއް ޝަހިއްޓޭ

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ