މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ޝަފީޢު

މޮނިޓަރިން އުވާލުމާއެކު ފައިނުގައި ލުއިތައް ދޭން ނިންމައިފި

ކޮވިޑް19 ގެ ކޭސްތަކެއް ފައިނުން ފެނި 40 ދުވަހުގެ މުއްދަތަށް ރަށް މޮނިޓަރިންއަށް ލާފައި އޮތުމަށްފަހު އިއްޔެ މޮނިޓަރިން އުވާލުމާއި ގުޅިގެން ބައެއް ލުއިތައް ދޭން، ފައިނު ކޮވިޑް19 ޓާސްކްފޯސްއިން ނިންމައިފިއެވެ.

ފައިނު ޓާސްކްފޯސްއިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، ރަށް މޮނިޓަރިންގެ ހާލަތުން ނަގާފައިވާތީ ވޭތުދެވިޔަ ދުވަސްތަކުގައި އަޅާފައިވާ ފިޔަވަޅުތައް ނިމުމަކަށް ގެނެސް، އެޗް.ޕީ.އޭގެ ގައިޑްލައިނާއި އެއްގޮތަށް ހޮޓާ، ކެފޭ، ރެސްޓޯރަންޓް، ފިހާރަތަކުގެ ހިދުމަތް ކުރިއަށް ގެންދިޔުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށާއި، އެޗް.ޕީ.އޭގެ ގައިޑްލައިނާއި އެއްގޮތަށް ފުޓްސަލް ދަނޑު ބޭނުންކުރުމަށް އާންމުކޮށް ހުޅުވާލުމަށް ވެސް ނިންމާފައިވާ ކަމަށެވެ. 

ޓާސްކްފޯސްއިން ބުނެފައިވަނީ، މޮނިޓަރިންގެ ހާލަތުން ނެގި ނަމަވެސް ހުރިހާ ވަގުތެއްގައިވެސް އެޗް.ޕީ.އޭގެ ގައިޑްލައިން އާއި އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރާ ކަމަށާއި، އެގޮތުން މާސްކް އެޅުމާއި އިޖްތިމާއީ ގައިދުރުކަން ބެހެއްޓުމަށް ސަމާލުކަން ދިނުމަށާއި ރޯގާގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްޙީމަރުކަޒަށް ގުޅާ ޞިއްޙީ މަރުކަޒުން ދޭ އިރުޝާދާއި އެއްގޮތަށް އަމަލު ކުރުމަށް އެދޭ ކަމަށެވެ.

ވޭތުވެދިޔަ ދުވަސްތަކުގައި ރަށުގެ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލެއްވުމާއި އެހީތެރިކަމަށް ޓާސްކްފޯސްއިން ވަނީ ޝުކުރު އަދާކޮށްފައެވެ. 

ފައިނުގައި މިދިޔަ 40 ދުވަހުގެ ތެރޭގައި 36 މީހަކަށް ކޮވިޑް19 ޖެހި ރަނގަޅުވެފައިވެއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

1 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހެޔޮއެދޭ 3 years ago

އަދިވެސް ބަލައިގެން އުޅޭތި. ނަސޭހަތެއް

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ