މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ؛ ފްލިކާ

އިނގުރައިދޫ ފެނަކަ ބްރާންޗްގެ އިދާރީ ހުރިހާ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ރ. އިނގުރައިދޫ ފެނަކަ ބްރާންޗްގައި އިދާރީ ގޮތުން މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފިއެވެ.

އިނގުރައިދޫ ފެނަކަ ބްރާންޗްގައި އިދާރީ މަސައްކަތް ކުރުމަށް މަސައްކަތް ކުރަނީ ޖުމުލަ 4 މުވައްޒަފެކެވެ. މިހާރު އެ އޮފީސް ހިންގުމާއި ހަވާލުވެ ހުންނެވީ ރަށުން ބޭރު ބޭފުޅެކެވެ. 

ނަމަވެސް، އެކަން ސާފު ކުރުމަށް މިހާރު ހަވާލުވެ ހުންނެވި ފަރާތާއި ގުޅުމުން އެ މުވައްޒަފުން ވަޒީފާއިން ވަކި ކުރިކަން އެނގިވަޑައި ނުގަންނަވާކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އޭނާއަށް އިތުރު މަޢުލޫމާތު ދެވެން ނޯންނަކަމަށް ވިދާޅުވިއެވެ.

މި މިކަމާއި ގުޅޭގޮތުން، މަޢުލޫމާތު ސާފު ކުރުމަށް ރ. އިނގުރައިދޫ ކައުންސިލްގެ ރައީސް، މުޙައްމަދު ޖަލީލަށް ގުޅާލުމުން، "ފައިނު އޮންލައިން" އަށް ވިދާޅުވީ، އެރަށު ފެނަކަ ބްރާންޗްގައި މަސައްކަތް ކުރާ އިދާރީ ހުރިހާ މުވައްޒަފުން ވަޒީފާއިން ވަކި ކޮށްފައިވާކަމުގެ ޚަބަރަކީ ރަނގަޅު ޚަބަރެއް ކަމަށެވެ. 

އޭނާ ވިދާޅުވީ، އެ މަޢުލޫމާތު ސާފު ކުރުމަށް އެކި ގޮތްގޮތުން މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. ނަމަވެސް، ވަޒީފާއިން ވަކިކުރި ސަބަބެއް މިހާތަނަށް ސާފު ވެފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރަށުގައި މުހިންމު ޚިދުމަތެއް ދެމުންދާ އޮފީހެއްގެ އިދާރީ ހުރިހާ މުވައްޒަފުން އެއްފަހަރާ ވަކި ކުރުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އޭގެ ސަބަބުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކަށް އަސަރު ކުރާނެތީ، އެކަމުގެ ކަންބޮޑުވުން އެބަހުރި ކަމަށެވެ.

މީގެ އިތުރުން، މި ސަރުކާރަކީ ސިޔާސީ ސަބަބުތަކަށްޓަކައި މުވައްޒަފުން ވަކި ނުކުރާނެކަމަށް ބުނެ އައި ސަރުކާރަކަށް ވާއިރު، އެ މުވައްޒަފުން ވަކިކުރި ސަބަބު އޮޅުންފިލުވުމަށް ކުރި މަސައްކަތް ކާމިޔާބު ވެފައި ނުވާތީ ހިތާމަ ކުރާކަމަށް ވެސް ވިދާޅުވިއެވެ.  

ވަކިކުރި މުވައްޒަފުންގެ ތެރެއިން މުވައްޒަފަކު ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ފައިނު އޮންލައިންއަށް ބުނީ، އެ އޮފީހުގެ ކަންކަން ބެލުމަށް މާލެއިން އައި ޓީމަކުން އޮފީހުގެ މަސައްކަތްތައް ބެލުމަށްފަހު ރަނގަޅު ކުރަންހުރި ކަންކަން އަންގާނެކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް މިމަހުގެ 24 ވަނަ ދުވަހު އެ ޓީމުން އެރަށުން ފުރާފައިވާއިރު، 25 ވަނަ ދުވަހު 3 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާކަމުގެ ޗިޓު ފޮނުވާފައިވާ ކަމަަށެވެ.

މިއީ ސީދާ ސިޔާސީ ކަމެއް. އެކަކު ކަނޑާލީމަ ދެންތިބި މީހުންވެސް ކަނޑާލެވިދާނެކަން ދައްކަން ކުރި ކަމެއް. އެއްވެސް ފިޔަވަޅެއްވެސް ކުރިއަކުން ނާޅާ. ރަނގަޅު ކުރަން ކަންކަން ހުރިކަން އެނގޭ. އެކަމު ވަޒީފާއިން ވަކިކޮަށްލީ ކުރިން އެއްވެސް ފިޔަވަޅެއް ނާޅާ ހަމަ ކުއްލިއަކަށް
މުވައްޒަފު ކިޔައިދިނެވެ. 

އޭނާ ބުނީ، 4 މުވައްޒަފުންގެ ތެރެއިން އެކަކު ވަޒީފާއިން ވަކިކުރީ މީގެ ދުވަސްކޮޅެއް ކުރިން ކަމަށާއި އަނެއް 3 މުވައްޒަފުން ވަކިކުރީ އެއްފަހަރާ ކަމަށެވެ. 

މިކަމާއި ގުޅޭގޮތުން ފެނަކަ ކޯޕަރޭޝަންގެ ބަހެއް ހޯދާލުމަށް ތަކުރާރުކޮށް ގުޅުމުންވެސް މީޑިއާއަށް މަޢުލޫމާތު ދެއްވާ ބޭފުޅާ ފޯނަށް ޖަވާބު ނުދެއްވާތީވަނީ އެކަން ކާމިޔާބުވާގޮތް ނުވެފައެވެ. 

ނަމަވެސް ދާދިފަހުން ފެނަކައިންވަނީ، ސިޔާސީ އެއްވެސް ނުފޫޒަކޫން އެއްވެސް މުވައްޒަފަކު ވަކި ނުކުރާނެ ކަމުގެ ޔަޤީންކަން ދީފައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
33%
ދެރަވި
67%
ހިނިއައި
0%
ރުޅިއައި

1 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހަސަންބެ 3 years ago

ހަސަންޓޭގެ ނުފޫޒުން ކުރިކަމެއްތީ.

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ