މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ރ. އުނގޫފާރުގައި އުމުރުން 18 އަހަރުގެ ކުއްޖަކު ކަރަންޓް ޖެހުމުގައި ފެނަކައިގެ އިހުމާލު އޮތް ކަމަށް ކަނޑައަޅައި، އެ ކުންފުނި 50،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މިއަދު ނިންމައިފިއެވެ. އެ އޮތޯރިޓީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މި ހާދިސާއާއި ގުޅިގެން ފެނަކަ އާއި އުނގޫފާރު ކައުންސިލުން މައުލޫމާތު ސާފުކޮށް، ކުރި ތަހުގީގުން އެނގުނީ މި ހާދިސާ ހިނގަން މެދުވެރިވީ، މަގު ބައްތިތަކުގައި ހުންނަން ޖެހޭ...
ރ. އިނގުރައިދޫގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި އެ ރަށަށް 600 ކވ ގެ ޖަނަރޭޓަރެއް ފޮނުވުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ފަށައިފިއެވެ. އެ ކުންފުނިން މިއަދު ބުނެފައިވަނީ، ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތުގެ ތެރެއިން އިނގުރައިދުއަށް 600 ކވ ގެ ޖަނަރޭޓަރެއް ފޮނުވުމުގެ މަސައްކަތް އެ ކުންފުނިން ފަށާފައިވާ ކަމަށެވެ.އަދި އެހެނިހެން ރަށްރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.
ރ. އަތޮޅުގައި ހިންގާ ފެނަކަ ކޯޕަރޭޝަންގެ 4 ބްރާންޗަކަށް ސްޓޭޝަން މެނޭޖަރުން ހޯދަން އިއުލާނު ކޮށްފިއެވެ. މެނޭޖަރުން ހޯދުމަށް ރ. އަތޮޅުން އިއުލާނުކުރި ރަށްތަކަކީ، އުނގޫފާރު، އިނގުރައިދޫ، ކިނޮޅަސް އަދި އަނގޮޅިތީމެވެ.ފެނަކައިން ވަކިވަކި ރަށްރަށުގައި ގާއިމްކޮށްފައިވާ ބްރާންޗްތަކަށް މެނޭޖަރުން ހޯދަން އިއުލާނު ކުރުމަށްފަހު ބުނެފައި ވަނީ، އެ މަގާމުގެ މުސާރަ ކަނޑައަޅާނީ ދެ ފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން ކަމަށެވެ. މުސާރައިގެ އިތުރުން އެލަވަންސްތައް ވެސް ކަނޑައަޅާފައިވެއެވެ. ސާވިސް އެލަވަންސް -...