އިނގުރައިދޫގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް 600 ކިލޯވޯޓް ޖަނަރޭޓަރެއް ފޮނުވަނީ
ރ. އިނގުރައިދޫގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި އެ ރަށަށް 600 ކވ ގެ ޖަނަރޭޓަރެއް ފޮނުވުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ފަށައިފިއެވެ.
އެ ކުންފުނިން މިއަދު ބުނެފައިވަނީ، ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތުގެ ތެރެއިން އިނގުރައިދުއަށް 600 ކވ ގެ ޖަނަރޭޓަރެއް ފޮނުވުމުގެ މަސައްކަތް އެ ކުންފުނިން ފަށާފައިވާ ކަމަށެވެ.
އަދި އެހެނިހެން ރަށްރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.