މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ފޭސްބޫކް

އިންނަމާދޫއަށް 400 ކިލޯވޯޓުގެ އައު ޖަނަރޭޓަރެއް ގެނެސްފި

ރ. އިންނަމާދޫގެ ކަރަންޓުގެ ޚިދުމަތް ރަނގަޅު ކުރުމުގެ ގޮތުން އެރަށަށް 400 ކިލޯވޯޓުގެ އައު ޖަނަރޭޓަރެއް ގެނެސްފިއެވެ.

އިންނަމާދޫ ފެނަކަ ބްރާންޗް ހިންގުމާއި ހަވާލުވެ ހުންނެވި އެސިސްޓެންޓް މެނޭޖަރ އަޙްމަދު އިނާހު "ފައިނު އޮންލައިން" އަށް ވިދާޅުވީ، އިންނަމާދޫގައި މިހާރު ކަރަންޓު ދިނުމަށް ބޭނުން ހުރީ، 400 ކިލޯވޯޓުގެ ޖަރަރޭޓަރަކާއި 250 ކިލޯވޯޓު އަދި 200 ކިލޯވޯޓުގެ ޖަނަރޭޓަރެއް ކަމަށެވެ. 

އޭނާ މަޢުލޫމާތު ދިން ގޮތުގައި، މީގެ ތެރެއަށް އިތުރުވި 400 ކިލޯވޯޓުގެ ކަނަރޭޓަރަކީ، މި ސަރުކާރުން ގެނައި ދެވަނަ ޖަނަރޭޓަރެވެ.
އިންނަމާދޫއަށް ގެނައި އައު ޖަނަރޭޓަރު - ފޮޓޯ: ފޭސްބޫކް
އޭނާ ވިދާޅުވީ، މި ޖަނަރޭޓަރުގެ ސަބަބުން، އިންނަމާދޫގެ ކަރަންޓުގެ ޚިދުމަތް ދިނުމުގައި އިތުރު ފަސޭހަތައް ލިބިގެން ދާނެ ކަމަށެވެ. އަދި މި ޖަނަރޭޓަރު ލިބުމުގެ ސަބަބުން، އެ ރަށުގައި މިހާރު ކުރިޔަށް ދާ ފެނާއި ނަރުދަމާގެ މަސައްކަތް ނިމި ޚިދުމަތް ދޭން ފަށާއިރު ފަސޭހަތައް ވެގެންދާނެއެވެ. 

މިކަން ކާމިޔާބު ކޮށްދެއްވުމަށް ފެނަކަ އާއި ގުޅިގެން ދާއިރާގެ މެންބަރު ޙަސަން އަޙްމަދު ވަރަށް ބޮޑަށް މަސައްކަތް ކޮށްދެއްވިކަން ފާހަގަކުރައްވާ، ޙަސަން އަޙްމަދަށާއި ފެނަކަ ކޯޕަރޭޝަނަށް، އިންނަމާދޫ ކައުންސިލްގެ ރައީސް އަޙްމަދު އަޒްމީންއާއި ފެނަކަ ބްރާންޗްގެ އެސިސްޓެންޓް މެނޭޖަރވަނީ ޝުކުރު އަދާކޮށްފައެވެ. 

މިލިޔުން ކިޔާލުމުން

25%
އުފާވި
25%
ދެރަވި
25%
ހިނިއައި
25%
ރުޅިއައި

3 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

އަސާ 3 years ago

ކިނޮޅަހުން ހެދި މަކަރޯ؟ އެބަލައިފިނަމަ ވޯޓް މަދުވާނީ ނަސްރުއަށް ހަމަ.. ބަލަ އިންނަމާދޫ ރައްޔިތު މީހާ އަށް ނޫންބާ އެރަށު މީހުން ވޯޓް ދޭނީ.. ދެން ހަޖަމްކޮއްލާ...

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ނަން 3 years ago

ނުބައި ލިޔުމަކަށް ކޮމެންޓް ކޮށްފައި

ސސސސ 3 years ago

ނަސްރަށް ނޭންގި އޭނައަށް ކިނަޅޮހުން އެކަނިމީހަކު ލީ 10 ވޯޓުގެ ވާހަކަވެސް ބުނެލިނަމަ.

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ