މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އިސްމާޢީލް ޝަފީޢު

ބީއެމްއެލްގެ އެހީގައި ފޭސް ޖަމްޢިއްޔާއިން ޤާއިމްކުރި ޕަބްލިކް ލައިބްރަރީ އިފްތިތާޙް ކޮށްފި

ބޭންކް އޮފް މޯލްޑިވްސް ކޮމިއުނިޓީ ފަންޑުގެ އެހީގައި ފައިނު އެސޯސިއޭޝަން ފޮރ ކޮމިއުނިޓީ އެންޑީވަރސްގެ ފަރާތުން ފައިނުގައި ޤާއިމްކުރި ޕަބްލިކް ލައިބްރަރީ ހުޅުވައިފިއެވެ.

މިރޭ ފައިނުގައި ކުރިޔަށް ދިޔަ ހަފްލާއެއްގައި ލައިބްރަރީ އިފްތިތާޙް ކޮށްފައިވަނީ ބީއެމްއެލް ރ. މީދޫ ބްރާންޗްގެ އިންޗާޖް ޢަބްދުއް ސަލާމް އިބްރާހީމާއި ފައިނު ކައުންސިލްގެ ރައީސް މޫސާ ޢުމަރު މަނިކެވެ. 

މި ލައިބްރަރީ ޤާއިމް ކޮށްފައިވަނީ، ހިތްފަސޭހަ މާހައުލެއްގައި ފޮތް ކިޔާލަން ތިބެވޭގޮތަށް ފަރުމާ ކޮށްގެނެވެ. 

ފޭސް ޖަމްޢިއްޔާއިން މަޢުލޫމާތު ދިން ގޮތުގައި، މިފަދަ ލައިބްރަރީއެއް ޤާއިމް ކުރުމުގެ ބޭނުމަކީ، ފޮތްތެރި މުޖުތަމަޢުއެއް ބިނާ ކުރުން ކަމަށެވެ. އެގޮތުން، މި މުހިންމު ވަސީލަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އެޖަމްޢިއްޔާއިން އެދިފައިވެއެވެ. 
ހަފްލާގެ ބައިވެރިން ލައިބްރަރީ ބައްލަވާލައްވަނީ -- ފޮޓޯ: އިސްމާޢީލް ޝަފީޢު
އަދި މި ލައިބްރަރީ ޤާއިމް ކުރުމުގައި ބީއެމްއެލްއިން ވެދީފައިވާ އެހީތެރިކަމަށާއި، ރަށުގެ އެނޫންވެސް މުއައްސަސާ ތަކާއި ޖަމްޢިއްޔާގެ މެންބަރުންނާއި ވެދީފައިވާ އެއްބާރުލުމަށް އެ ޖަމްޢިއްޔާއިންވަނީ ޝުކުރު އަދާކޮށްފައެވެ. 

ބީއެމްއެލްގެ ފަރާތުން ކޮންމެ އަހަރަކުވެސް އަންނަނީ އެކި ކުއާޓަރ ތަކަކަށް ބަހާލައިގެން، ރަށްރަށުގެ އިޖުތިމާޢީ ކަންކަމަށް ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ނަމުގައި އެހީތެރިވަމުންނެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
100%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ