މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ބޭންކް އޮފް މޯލްޑިވްސް ކޮމިއުނިޓީ ފަންޑުގެ އެހީގައި ފައިނު އެސޯސިއޭޝަން ފޮރ ކޮމިއުނިޓީ އެންޑީވަރސްގެ ފަރާތުން ފައިނުގައި ޤާއިމްކުރި ޕަބްލިކް ލައިބްރަރީ ހުޅުވައިފިއެވެ. މިރޭ ފައިނުގައި ކުރިޔަށް ދިޔަ ހަފްލާއެއްގައި ލައިބްރަރީ އިފްތިތާޙް ކޮށްފައިވަނީ ބީއެމްއެލް ރ. މީދޫ ބްރާންޗްގެ އިންޗާޖް ޢަބްދުއް ސަލާމް އިބްރާހީމާއި ފައިނު ކައުންސިލްގެ ރައީސް މޫސާ ޢުމަރު މަނިކެވެ. މި ލައިބްރަރީ ޤާއިމް ކޮށްފައިވަނީ، ހިތްފަސޭހަ މާހައުލެއްގައި ފޮތް ކިޔާލަން ތިބެވޭގޮތަށް ފަރުމާ ކޮށްގެނެވެ. ފޭސް ޖަމްޢިއްޔާއިން...
ބޭންކް އޮފް މޯލްޑިވްސްގެ ކޮމިއުނިޓީ ފަންޑުން މިފަހަރު އެހީދޭ ރަށްރަށުގެ ތެރޭގައި ފައިނު ހިމެނިއްޖެއެެވެ. ބޭންކުން އެހީ ދިނުމަށް ހަމަޖެހިފައިވަނީ، ފައިނު އެސޯސިއޭޝަން ފޮރ ކޮމިއުނިޓީ އެންޑީވަރސްގެ ފަރާތުން ހުށަހެޅި ކޮމިއުނިޓީ ލައިބްރަރީ ހެދުމުގެ ޕްރޮޖެކްޓަށެވެ. އެޖަމްޢިއްޔާއިން މަޢުލޫމާތު ދިން ގޮތުގައި މި ލައިބްރަރީ ހެދުމަށް ހަމަޖެހިފައިވަނީ، އެޖަމްޢިއްޔާގެ ޢިމާރާތުގައެވެ. ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ، ކޮމިއުނިޓީ ފަންޑްގެ ނަމުގައި އެކި ރަށްރަށުގެ ކުދި މަޝްރޫޢުތަކަށް އެހީތެރިވަމުންނެވެ. 
އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތަޢާރަފްކުރި އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑުގެ މިއަހަރުގެ ދެވަނަ ކުއާޓަގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ 5 ޕްރޮޖެކްޓް ހޮވައިފިއެެވެ.މިފަހަރު ބޭންކުން އެހީދޭ ރަށްތަކުގެ ތެރޭގައި ރ. ކިނޮޅަސް ވަނީ ހިމެނިފައެވެ. ކިނޮޅަހު އަމިއްލަ ފަރާތަކުން ހުށަހަޅާފައިވަނީ، ކިނޮޅަހުގެ ވޭސްޓްމެނޭޖްމަންޓް ސިސްޓަމްގައި...