މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ކިނޮޅަހުގެ މަންޒަރެއް - ފައިނު އޮންލައިން ފޮޓޯ: އިސްމާޢީލް ޝަފީޢު

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ އެހީ މިފަހަރު ކިނޮޅަހަށް

އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތަޢާރަފްކުރި އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑުގެ މިއަހަރުގެ ދެވަނަ ކުއާޓަގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ 5 ޕްރޮޖެކްޓް ހޮވައިފިއެެވެ.

މިފަހަރު ބޭންކުން އެހީދޭ ރަށްތަކުގެ ތެރޭގައި ރ. ކިނޮޅަސް ވަނީ ހިމެނިފައެވެ. ކިނޮޅަހު އަމިއްލަ ފަރާތަކުން ހުށަހަޅާފައިވަނީ، ކިނޮޅަހުގެ ވޭސްޓްމެނޭޖްމަންޓް ސިސްޓަމްގައި ހިމެނޭ އެކި ބާވަތުގެ ކުނި ވަކިކުރުމުގެ ނިޒާމެއް ގާއިމްކުރުމުގެ ޕްރޮޖެކްޓެކެވެ. މިފަހަރު އެހީ ދިނުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތައް ތިރީގައި އެވަނީ.

 ރ. ކިނޮޅޮހުގެ ވޭސްޓްމެނޭޖްމަންޓް ސިސްޓަމްގައި ހިމެނޭ އެކި ބާވަތުގެ ކުނި ވަކިކުރުމުގެ ނިޒާމެއް ގާއިމްކޮށްދިނުން-  ވާފިރު އަހުމަދު

ބ. ގޮއިދޫގައި އާންމުން ބޭނުންކުރާނެ ހިތްފަސޭހަ މައިޒާނެއް ގާއިމްކުރުން – ބ. ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތް ޑިވެލޮޕްމަންޓް ސޮސައިޓީ  

ގއ. ކޮލަމާފުށީގެ ސްކޫލުގައި އާރު.އޯ ޕްލާންޓް ބޭނުންކޮށްގެން ދަރިވަރުންނަށް ބޯފެން ފޯރުކޮށްދިނުން  – –ޝާމާ ތައްހާން

ގދ. ނަޑެއްލާގައި ސޯލާ ބައްތި ހިމަނައިގެން ނޭޗާ ޕާކެއް ތަރައްގީކުރުން –- ނަޑެއްލާ އައިލެންޑް ޑިވެލޮޕްމަންޓް ސޮސައިޓީ

ފުވައްމުލަށް ސިޓީގެ ޕަބްލިކް ލައިބްރަރީ އަށް ފޮތް ހަދިޔާކުރުން – –ފާތިމަތު ރަޝީދު

“އަހަރެންގެ ބޭންކް، ކޮމިއުނިޓީ ފަންޑު” އިފްތިތާހު ކޮށްފައި ވަނީ ދިވެހިންނާއި ދިވެހި މުޖުތަމައާއި އޮތް ގުޅުން ބަދަހި ކުރުމަށް “އަހަރެންގެ ބޭންކް”ގެ ނަމުގައި މުޅި ރާއްޖެ އަށް އަމާޒު ކޮށްގެން ބީއެމްއެލުން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ތެރެއިންނެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ