މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: މުޙައްމަދު ޒިޔާދު

ފައިނު ސްކޫލްގައި އަޅާ 3 ބުރި އިމާރާތް މި މަސްތެރޭ ޓެންޑާ ކުރެވޭނެކަމަށް ލަފާކޮށްފި

ފައިނު ސްކޫލްގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށްޓަކައި އެ ސްކޫލްގައި އިމާރާތް ކުރަން ހަމަޖެހިފައިވާ 3 ބުރީގެ އިމާރާތުގެ މަސައްކަތް މި ހިނގާ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޓެންޑާ ކުރެވޭނެކަމަށް ލަފާކޮށްފިއެވެ.

ސަރުކާރުން ރާއްޖޭގެ ރަށްރަށުގައި ހިންގާ ތަރައްޤީގެ ޕްރޮޖެކްޓްތަކުގެ އެންމެ ފަހުގެ އަޕްޑޭޓުތައް ގެނެސްދިނުމަށް ރައީސް އޮފީހުން ތައްޔާރު ކޮށްފައިވާ އައިލްސް ވެބްސައިޓުގައި މިމަހުގެ 14 ވަނަ ދުވަހު ބުނެފައިވަނީ، ފައިނު ސްކޫލްގެ 3 ބުރި އިމާރާތުގެ ޑިޒައިނިން މަރުހަލާ މިހާރު ނިމިފައިވާ ކަމަށެވެ. 

އަދި މި ހިނގާ ސެޕްޓެމްބަރ މަހުގެ މެދު ތެރޭގައި އެ ޕްރޮޖެކްޓް ޓެންޑާ ކުރެވޭނެކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ބުނެފައިވެއެވެ. 

ސަރުކާރުން އެފަދައިން ބުނެފައިވީނަމަވެސް މިހާތަނަށް އަދި މި ޕްރޮޖެކްޓްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާން ކޮށްފައެއް ނުވެއެވެ. 

މި ޕްރޮޖެކްޓަކީ، ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދު ކޮށްގެން ކުރިޔަށް ގެންދަން ރާވާފައިވާ ޕްރޮޖެކްޓެކެވެ. ފާއިތުވި 2 އަހަރު ވެސް ބަޖެޓުގައި ހިމަނާފައިވާ މި ޕްރޮޖެކްޓަށް މި ހިނގާ 2021 ވަނަ އަހަރުގެ ބަޖެޓުގައި 2،600،000.00 ރުފިޔާ ހިމަނާފައިވެއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ