މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ފޯ ސީޒަން ރިސޯޓް ހޮސްޕިޓަލިޓީ އެޕްރެންޓެސިޕް ޕުރޮގްރާމް

ފޯ ސީޒަންގެ ހޮސްޕިޓަލިޓީ އެޕްރެންޓެޝިޕްގެ އިންޓަވިއު ދުވާފަރުގައި

ފޯ ސީޒަން ރިސޯޓް އިން ހުޅުވާލާ ހޮސްޕިޓަލިޓީ އެޕްރެންޓެޝިޕް ޕުރޮގްރާމްގެ މައުލޫމާތު ސެޝަން އަދި އިންޓަރވިއު ދުވާފަރުގައި ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.

މި ޕްރޮގްރާމަކީ ފޯ ސީޒަން ރިސޯޓް އިން ކޮންމެ އަހަރަކު ހޮސްޕިޓަލިޓީ ދާއިރާއިން ކުރިއަރަން ދާން ބޭނުންވާ ޒުވާނުންނަށް ނުވަތަ އެ ދައިރާއަށް ޝައުޤުވެރިކަން ހުންނަ ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ އެއް އަހަރު ދުވަހުގެ ހޮސްޕިޓަލިޓީ އެޕްރެންޓެޝިޕް ޕުރޮގްރާމެކެވެ.

އެގޮތުން މި ޕްރޮގްރާމްގެ މައުލޫމާތު ދިނުމުގެ ސެޝަން އަދި އިންޓަރވިއު 9 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:00 ޖަހާާއިރު ދުވާފަރުގައި ހުންނަ ރ. އަތޮޅު ސުކޫލްގައި ބާއްވާގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ރިސޯޓުން މައުލޫމާތު ދެއެވެ. 

29 މެއި 2022 އިން 21 މެއި 2023 އަށް ކުރިޔަށް ގެންދަން ހަމަޖެހިފައިވާ މި ޕްރޮގްރާމާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 6644888 / 6600888 އެ ރިސޯޓުން އެދެއެވެ.

ފާއިތުވި އެކި އަހަރުތަކުގައި ވެސް ފޯ ސީޒަން ރިސޯޓް އިން މި ފަދަ ސެޝަންތަކެއް ވަނީ ދުވާފަރުގައި ކުރިއަށް ގެންގޮސްފައެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ