ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ރ. އަތޮޅު ޗެމްޕިއަންކަން އިނގުރައިދޫން ހޯދައިފި
ގޯލްޑަން ފުޓްސަލް ޗެލެންޖު 2025 ގެ ރ. އަތޮޅު ބުރުގެ ޗެމްޕިއަންކަން އިނގުރައިދޫން ހޯދައިފިއެވެ.
އިނގުރައިދޫ މުބާރާތުގެ ރ. އަތޮޅު ބުރުގެ ޗެމްޕިއަންކަން ހޯދީ މިރޭ އެންމެފަހުގެ ޗެމްޕިއަން ދުވާފަރާ ބައްދަލުކޮށް 3 - 1 އިންނެވެ.
މި މެޗްގައި އިނގުރައިދޫ ޓީމުން ގޯލްތައް ޖެހީ މަޝީދު ދެ ގޯލް އަދި އައިހަމް ގޯލެކެވެ. ދުވާފަރު ޓީމުން ޖެހި ހަމައެކަނި ގޯލްޖެހީ އެ ޓީމްގެ މުސްލިމްއެވެ.
މި މެޗްގައި އިނގުރައިދޫ ޓީމުން ގޯލްތައް ޖެހީ މަޝީދު ދެ ގޯލް އަދި އައިހަމް ގޯލެކެވެ. ދުވާފަރު ޓީމުން ޖެހި ހަމައެކަނި ގޯލްޖެހީ އެ ޓީމްގެ މުސްލިމްއެވެ.
މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިނގުރައިދޫ ޓީމްގެ އައިހަމްއެވެ. އަދި މުބާރާތުގެ ރ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ އައިހަމްެއެވެ.
މި މުބާރާތުގައި މިދިޔަ އަހަރު އަތޮޅު ފައިނަލްގައި ވާދަކުރީ ދުވާފަރު އަދި އަލިފުއްޓެވެ. އެފަހަރު ދުވާފަރު އަތޮޅު ޗެމްޕިއަންކަމުގެ އިތުރުން ޒޯން ޗެމްޕިއަންކަންވެސް ހޯދިއެވެ.