މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އެމްޖޭއެސް

​ހަވާއާ އެކު ފޯރިގަދަ ރާބަދި ޗެލެންޖު ފަށައިފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިންޓަރ ރިސޯޓް ފުޓްސަލް ޗެލެންޖު "އިންފިނިޓީ ޕްރޯ ރާބަދި ޗެލެންޖް 2025" ކުޅުން ހުކުރު ދުވަހުގެ ރޭ ރ. މީދޫގައި ފަށައިފިއެވެ.

މީދޫ ޖަމިއްޔަތުއް ސަލާހުން ކުރިއަށް ގެންދާ މި މުބާރާތަކީ ރ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގެ 5 ވަނަ މުބާރާތް ރޭ ފެށިއިރު މި އަހަރުގެ މުބާރާތުގައި 15 ރިސޯޓަކުން ބައިވެރިވެފައިވެއެވެ.

ރޭ އޮތް ފެށުމުގެ ރަސްމިއްޔާތުގައި މުބާރާތް ފައްޓައިދިނީ މަޝްހޫރު ފުޓްބޯޅަ ކޯޗް ޢަލީ ޝުޒޭންއެވެ.

ފޯރިގަދަ އައިޓްމްތަކެއް ވެސް ފެނިގެންދިޔަ އެ ރަސްމިއްޔާތަށްފަހު ފެށުމަށް ކުޅުނު ފުރަތަމަ މެޗްފައި ބައްދަލުކުރީ، އާރަށާއި ޖޯލި މޯލްޑިވްސްއެވެ.

ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން މެޗް  ކާމިޔާބު ކުރީ ޖޯލި މޯލްޑިވްސް އިންނެވެ. 

މި މުބާރާތަށް އެމްޖޭއެސްއިން ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައިކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މުބާރާތް ކުރިއަށްދާ ދަނޑު ސަރަހައްދު ވަރަށް ފުރިހަމައަށް ޒީނަތްތެރި ކޮށްފައިވާއިރު ރަށު ތެރެ ވެސް ވަނީ ވަރަށް ދިދަ ޖަހާ ގިޑިގެ ހަދާ ޒީނަތްތެރިކޮށްފައެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

1 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ޟާނު 3 days ago

މުބާރާތުގެ ރެފްރީމްގެ ފެންވަރު ރަނގަޅުކުރަންޖެހޭ ގެންދަނީ ރާއްޖޭގެ ބޮޑެތި މުބާރާްތް ނުކުރާ ތަޖްރިބާނެއް ރެފްރީން އަދި ބަނޑުލާ ފިޓްނޫންކަން ފާހަގަވޭ

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ