މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ވާދޫ ކައުންސިލް

ވާދޫގައި ފަތުރުވެރިކަން ތަރައްގީ ކުރަން ސިންގަޕޫރުގެ ކުންފުންޏަކަށް

ރ. ވާދޫގައި ފަތުރުވެރިކަމަށް ހާއްސަ ސަރަހައްދެއް ތަރައްގީކޮށް ފަތުރުވެރިކަން ފުޅާކުރުމަށް ސިންގަޕޫރުގެ ކުންފުންޏަކާ އެރަށު ކައުންސިލާއެކު އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.

ވާދޫ ކައުންސިލުން މަޢުލޫމާތު ދިން ގޮތުގައިި މި ޕްރޮޖެކްޓް 2016 ވަނަ އަހަރު ހަވާލުކުރި ދިވެހި ކުންފުނި ފާލަން ހޯލްޑިންގް ޕްރައިވެޓް ލިމިޓެޑާއެކު ވެފަައިވާ އެއްބަސްވުން، ސިންގަޕޫރުގެ އެމް20 ހޮސްޕިޓަލިޓީ ވެންޗާރސްއަށް މިއަދު ވަނީ ބަދަލުކޮށްފައެވެ. 

ސިންގަޕޫރަށް ނިސްބަތްވާ އެ ކުންފުންޏަށް ރަސްމީކޮށް މި މަޝްރޫޢު ހަވާލުކުރީ މާގިރި ހޮޓަލްގައި އެ ކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ވާދޫ ކައުންސިލާއި އެމް20 ހޮސްޕިޓަލިޓީ ވެންޗާރސްގެ އިސްވެރިން ބައިވެރިވެފައިވެއެވެ. 

އެ ރަށު ކައުންސިލުން ބުނީ، އެ މަޝްރޫއު ކާމިޔާބު ކަމާއެކު ކުރިޔަށް ގެންގޮސް ނިންމާލެވޭނެކަމުގެ ޔަގީންކަން މަޝްރޫއު ހަވާލުކުރި ކުންފުނިން ވަނީ ދީފައެވެ. އަދި މި މަޝްރޫއުގެ މަސައްކަތް އަވަހަށް ފެށުމާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީގައި މިއަދުވަނީ ބައްދަލުވުމެއް ވެސް ބޭއްވިފައި ކަމަށާއި މަޝްރޫއު ޕްލޭންކޮށް ކޮންސެޕްޓް އެކުލަވާލުމުގެ މަސައްކަތް މިހާރުވެސް ކުރިޔަށް ދާކަމަށް ކައުންސިލުން މައުލޫމާތު ދީފައިވެއެވެ. 

އެންމެ ފުރަތަމަ މި މަޝްރޫއު ބަޔަކާ ހަވާލުކުރީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހު ތެރޭގައެވެ. ނަމަވެސް އޭރު ހަވާލުކުރި މި މަސަައްކަތް ނުފެށި ލަސްވަމުންދާތީ ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރިކަމަށް އެ ރަށު ރައްޔިތުންގެ އެކި ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

އެތަން ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ހަތަރު ތަރީގެ ފެންވަރަށެވެ. އެތަނުގައި 25 ބީޗް ވިލާއާއި 25 ގާޑެންވިލާ ތަރައްގީކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ