މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ރައީސް އޮފީސް

ރައީސް ޞާލިޙް ކޮވިޑަށް ޕޮޒިޓިވްވެއްޖެ!

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މިކަން ހާމަ ކުރައްވާފައިވަނީ މީގެ އިރުކޮޅެއްކުރިން އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ. އެމަނިކުފާނު ޓްވީޓުގައި ވިދާޅުވީ އެމަނިކުފާނު ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަމަށެވެ. އަދި އެމަނިކުފާނު ވަނީ ކޮވިޑަށް ޕޮޒިޓިވްވިނަމަވެސް އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުކަމަށް ވިދާޅުވެފައެވެ.

އަދި ކޮވިޑަށް ޕޮޒިޓިވްކަން އެނގިވަޑައިގަތީ އަތޮޅު ތެރެއަށް ދަތުރުކުރައްވަން ރޭ ހެއްދެވި ޓެސްޓުތަކުންކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ޕޮޒިޓިވްވުމާއެކު އެމަނިކުފާނު ގެކޮޅުގައި އެކަހެރިވެވަޑައިގެން ހުންނެވިކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އެމަނިކުފާނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ކޮމަންޑޫ ދާއިރާއަށް ދަތުރެއް މިއަދު ކުރެއްވުމަށް އޮތީ ހަމަޖެހިފައެވެ.

މިލިޔުން ކިޔާލުމުން

50%
އުފާވި
50%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ