މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ކުރިއަށް އޮތް އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގޮތަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ. ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ދުވަސް ބަންދުކުރަން ނިންމެވީ މިމަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ މަސައްކަތްތަކާއި ގުޅިގެން ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުން ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާނެތީ ކަމަށެވެ.
ރިޔާސީ އިންތިހާބާ ގުޅިގެން އަންނަ ހަފުތާގެ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފިއެވެ. ރައީސް އޮފީހުން މިއަދު ބުނީ އެގޮތަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ހަމަޖެއްސެވީ އަންނަ ހޮނިހިރު ދުވަހަކީ ރިޔާސީ އިންތިހާބު އޮންނަ ދުވަސް ކަމަށްވާތީ އާއި އިންތިހާބާ ގުޅިގެން ގިނަ މުވައްޒަފުންނާއި އާންމު ރައްޔިތުން އިންތިހާބުގެ ކަންކަމުގައި ބައިވެރިވާތީ އިލެކްޝަންސް ކޮމިޝަންގެ އެދުމުގެ މަތިން ކަމަށެވެ.ކޮންމެ އަހަރެއްގެ ރިޔާސީ އިންތިހާބާ ގުޅިގެން ވެސް،...
ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ފައިނަށް ވަޑައިގެން ފައިނުގައި ވެސް ތަރައްގީގެ އެކި މަޝްރޫއުތައް ކުރިއަށް ގެންދަވާނެ ކަމަށް ވައުދުވެވަޑައިގެންފިއެވެ. އެގޮތުުން، މިއަދު ފައިނު ބަނދަރުމަތީ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރަށުގެ ވަށައިގެން އެއްގަމުން ދުއްވުމަށް ރިންގް ރޯޑެއް ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްދެއްވާނެކަމަށެވެ. މީގެ އިތުރުން ބަނދަރު ބޮޑުކޮށްދެއްވާނެ ކަމަށާއި އެ މަސައްކަތުގެ ތެރެއިން ދޯނި އެހެލާ ސަރަހައްދެއް ތަރައްގީ...