މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
މީގެ ކުރިން ރައީސް ރަށަކަށް ވަޑައިގަންނަވަނީ

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ބުދަ ދުވަހު ރައީސް ޞާލިޙް ރ. އަތޮޅަށް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަންނަ ބުދަ ދުވަހު ރ. އަތޮޅުގެ ރަށްތަކަށް ދަތުރު ކުރައްވަން ހަމަޖެހިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ބުދަ ދުވަހު ރައީސް ޞާލިޙް ވަޑައިގަންނަވާނީ، ކިނޮޅަސް، ފައިނު، މީދޫ، މަޑުއްވަރީ އަދި ދުވާފަރަށެވެ. އަދި އޭގެ އިތުރުން، ބުރާސްފަތި ދުވަހު ވަޑައިގަންނަވާނީ، އިނގުރައިދޫ، އިންނަމާދޫ، ރަސްމާދޫ އަދި ހުޅުދުއްފާރަށެވެ. 

މި ދަތުރުފުޅުގައި ރ. އަތޮޅުގައި މި ސަރުކާރުން ހިންގާފައިވާ އެކި ޕްރޮޖެކްޓްތަކުގެ ނިމުން ފާހަގަކޮށް އެތަންތަން ހުޅުވުން އޮންނާނެއެވެ. 

އޭގެ އިތުރުން، ކޮންމެ ރަށެއްގައި ވެސް ޕާޓީގެ މެންނަރުންނާއެކު ބައްދަލު ކުރުމުގެ ޖަލްސާއެއް އޮންނާނެކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. 

އެގޮތުން، ފައިނަށް ވަޑައިގެން ފައިނު އެމްޑީޕީ މެންބަރުންނާއެކު ބައްދަލުވުމެއް ބާއްވަން ހަމަޖެހިފައިވާއިރު، ފެނަކަ ފައިނު ބްރާންޗްގެ އާ އިމާރާތް ހުޅުވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. 

މިއީ، ދައުރު ފެށުންފަހުން ރައީސް ޞާލިޙް ފައިނަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. 

މި އަންނަ ސެޕްޓެމްބަރ މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ކެންޑިޑޭޓުން ދަނީ އަތޮޅުތެރޭގެ ރަށްތަކަށް ގިނަ ދަތުރުތަކެއް ކުރައްވަމުންނެވެ.

މިލިޔުން ކިޔާލުމުން

100%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ