މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ވީމިޑިއާ

ރައީސް ޞާލިޙް މިރޭ ގައުމާ މުހާތަބު ކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ ގައުމާ މުހާތަބު ކުރައްވަން ހަމަޖެހިއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދެންމެ ބުނީ ރައީސް ޞާލިޙް މިރޭ 8:00 ޖަހާއިރު ދައުލަތުގެ މީޑިއާ ޕީއެސްއެމް މެދުވެރިކޮށް ގައުމާ މުހާތަބު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ އޮފީހުގެ އިސް އޮފިޝަލަކު ވިދާޅުވީ ބައެއް މީޑިއާތަކަށް ވިދާޅުވީ، ރައީސް ގައުމާ މުހާތަބު ކުރައްވާއިރު ދުނިޔެ ކަންބޮޑުކުރުވި ރަޝިޔާ - ޔޫކްރެއިން ހަނގުރާމައާއި ކޮވިޑްގެ ބަލިމަޑުކަމުގެ މިހާރުގެ ހާލަތާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާނެ ކަމަށެވެ.

މިއީ މިދިޔަ މަހު ކުރެއްވި ތައިރޮއިޑް އޮޕަރޭޝަނަށް ފަހު ރައީސް މިފަދަ ގޮތަކަށް ފެނިވަޑައިގަންނަވާނެ ފުރަތަމަ ފަހަރެވެ.

ރައީސް އެންމެ ފަހުން ގައުމާ މުޚާތަބު ކުރައްވާފައި ވަނީ މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައިދެއްވުމަށް ދެއްވި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ