މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ރައީސް އޮފީސް

ރައީސް ޞާލިޙްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ރިޔާސީ ބަޔާން މިއަދު އިއްވަވާފައެވެ.

ފާއިތުވި އަހަރު ސަރުކާރުން ކުރިޔަށް ގެންދިޔަ ގިނަ ކަންތައްތަކުގެ އަދަދުތަކާއި އަދި ކުރިމަގަށް ރާއްވަވާފައިވާ ގިނަ ކަންތައްތަކެއް އެމަނިކުފާނު މިއަދު ވަނީ ހާމަ ކުރައްވާފައެވެ. 

އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި މުހިންމު ނުކުތާތަކުގެ ތެރޭގައި،

- ތައުލީމީ ދާއިރާގެ މުސާރަ މެއި މަހުން ފެށިގެން 56 އިންސައްތަ ބޮޑުކުރުން
- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް މިއަހަރު ފަހުކޮޅު ބޮޑުކުރުން
- މަތީތައުލީމަށް ލޯންގެ 720 ފުރުސަތެއް އަންނަ ހޯމަ ދުވަހު ހުޅުވާލުން
- މާލޭގެ ރައްޔިތުންނަށް 5000 ގޯތި މިއަހަރު ޖޫންމަހު ދޫކުރަން ފެށުން
- އަންނަ މާޗް މަހުން ފެށިގެން މިފްކޯއަށް މަސްގަންނަ އަގު ބޮޑުކުރުން
- މަސްވެރިންނަށް 59 މިލިއަންގެ ލުއިލޯނު ދޫކުރަން ފެށުން
- ޕްރައިމަރީ ހެލްތް ކެއަރގެ ނިޒާމު އަލުން ފެށުމަށް ނިންމުން
- ހަރުކަށި ފިކުރާ ދެކޮޅަށް ނެޝަނަލް މޮޑެރޭޝަން ކޭމްޕެއް ކުރިޔަށް ގެންދާނެ
- ޖަމާނީ މިސްކިތްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ބިނާކުރުން
- މަސްތުވާތަކެތީގެ މައްސަލަތަކުގައި މަގުމަތިވެފައިތިބި މީހުންނަށް މިއަހަރު ލުއިލިބެން ފެށުން

މީގެ އިތުރުންވެސް ގިނަ ކަންތައްތަކެއް ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކުރައްވާފައެވެ. ރައީސްގެ ބަޔާނަށް އެމަނިކުފާނަށް ތާއީދު ކުރާ ގިނަބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ. 

ނަމަވެސް އިދިކޮޅު ފަރާތްތަކުން ވަނީ މިއަދުގެ ޖަލްސާ ބޮއިކޮޓްކޮށް އެ ބަޔާނަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ